ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށީ ޖަލުގައި ކުރިއަށްގެންދާ ފްރޭމްވަރކްގެ ފޭސް 1 ގެ، 13 ވަނަ ބެޗް ފަށައިފި

ފޮޓޯ:ކަރެކްޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

89 ޤައިދީންނާއެކު، މާފުށީ ޖަލުގައި ކުރިއަށްގެންދާ ފްރޭމްވަރކްގެ ފޭސް 1 ގެ، 13 ވަނަ ބެޗް ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނުން މިއަދު ހާމަކުރިގޮތުގައި، ޤައިދީން އިސްލާހުކޮށް، ކުށުގެ ވެށިން އެ މީހުން ދުރުހެލިކުރުމަށް ކުރެވޭ މައްސައްކަތްތަކުގެ ތެރެއިން، ކުރިއަށްގެންދާ، ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 ގެ، 13 ވަނަ ބެޗް ފަށާފައިވަނީ ހޯމަދުވަހުއެވެ.

ކަރެކްޝަނުން ބުނީ، ކޮވިޑުގެ ސަބަބުން، ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސްތަކާއި، އެހެނިހެން މަސައްކަތްތައް، މެދުކަނޑާލާފައި އޮތުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ފްރޭމްވަރކްގެ ކޯސްތަކާއި ކްލާސްތައް މިހާރު ކުރިއަށް ގެންދަން ފަށާފައިވާކަމަށެވެ.

މި މަރުހަލާގައި ކުރިއަށް ގެންދަން ނިންމާފައިވަނީ، ހަމައެކަނި އޮފިސަރުންނަށާއި، މުވައްޒަފުންނަށް ކިޔަވައިދޭ ކިލާސްތައް އެކަނިކަމަށް ކަރެކްޝަނުން ބުނެއެވެ.

މި ގޮތުން 4 ފޭސްގެ މައްޗަށް އެކުލެވިގެންވާ ރިހެބިލިޓޭޝަން ފްރޭމްވަރކް ތަޢާރަފުކުރުމުގެ މަޤުސަދަކީ، ޤައިދީން އިސްލާހުކޮށް އެމީހުންނަށް ތަޢުލީމާއި، އެކިއެކި ހުނަރުތައް އުނގަންނައިދިނުންކަމަށް ކަރެކްޝަނުން ބުނެއެވެ. އަދި އެ ކަންތައްތަކާއެކު، ޤައިދީން މުޖުތަމަޢުއަށް ނުކުންނައިރު، އެ މީހުންނަކީ ޢާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން، ކުށުގެ ވެށިން ދުރުހެލިވެގެން އުޅެން އެނގޭ ބަޔަކުކަމަށްވުން ކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.

ކަރެކްޝަނުން ފްރޭމްވަރކް އިންތިޒާމުކޮށްގެން ކުރިއަށްދާއިރު، މި ފްރޭމްވަރކްގައި ހިންގާ، އެމްކިއުއޭއިން އެކްރެޑިޓްކޮށްފައިވާ ކޯސްތަކުގައި އުނގަންނައިދެއްވަނީ، އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނާއި، މާފުށީ ޖަލުގެ އޮފިސަރުންނާއި، އެހެނިހެން ތައުލީމީ އިދާރާތަކުގެ މުދައްރިބުންކަމަށް ކަރެކްޝަނުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: