ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ކަންކަމާއި ދުރަށްވަޑައިގަތުމަށް ރައީސް ޔާމީނަށް ހުށަހެޅި: މުންދު

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ބޭސް ފަރުވާގެ ކަންކަމަށް ރާއްޖޭން ބޭރަށް ފޮނުވުމަށް ސަރުކާރުން ހުށަހެޅި ޝަރުތަކީ ސިޔާސީ ކަންކަމުން ދުރަށް ވަޑައިގަތުން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބުރައީސް މުހައްމަދު ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ، ރައީސް ޔާމީނަށް ސިއްހީ ގޮތުން ކުރިމަތިވެވަޑައިގެންފައިވާ ކަންކަމަށް ފަރުވާ ހޯއްދެވުމަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ބޭފުޅުނަމަ ސިޔާސީ ކަންކަމާއި ދުރަށް ވަޑައިގަންނަވަންޖެހޭ ކަމަށް ސަރުކާރުން ހުށަހަޅާފައިވާ ކަމަށެވެ.

މުންދު ވިދާޅުވީ މިހާރު އޮތް ސަރުކާރުން ސަތޭކަ އަހަރުވެސް ވެރިކަންކުރާނެ ކަމަށް ބުންޏަސް އެކަމަށް އޮތް ހުރަހަކީ ކޮބައިކަން ވަރަށް ސާފު ކަމަށެވެ. އެގޮތުން ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކާއި ހުރަކީ އަދިވެސް ރައީސް ޔާމީން ކަމަށް މުންދު ވިދާޅުވިއެވެ.

ބޭސްފަރުވާގެ ކަންކަމާއި ގުޅިގެން ރާއްޖޭން ބޭރަށްވަޑައިގަތުމާއި، އެނބުރި ވަޑައިނުގެން ބޭރުގައި މަޑު ކުރެއްވުމުގެ އިތުރުން ސިޔާސީ ޙަރަކާތްތައް ނުހިންގެވުމަކީ، ސަރުކާރުގެ ފަރާތުން އަންނަ ޝަރުތުތައް ކަމަށާއި ނަމަވެސް އޭގެން އެއްވެސް ކަމަކާއި މަޝްވަރާ ކުރައްވަން ރައީސް ޔާމީން ބޭނުންވެ ވަޑައިނުގަންނަވާ ކަމަށް މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ރައީސް ޔާމީނާއި ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތަފާތު ވާހަކަތައް ދައްކަވާ ކަމަށާއި ނަމަވެސް ސަރުކާރުގެ ފަރާތުން ހުށަހަޅާ ޝަރުތުތަކުގެ ވާހަކައެއް ނުދައްކަވާ ކަމަށެވެ.

ސަރުކާރުން ކިތަންމެ ޑީލެއް ހުށަހަޅި ނަމަވެސް ރައީސް ޔާމީން އެގޮތް ބޭނުންފުޅު ނުވާ ކަމަށް މުންދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅުވަނީ ޤާނޫނޫގައި ކަޅާއި ހުދުން ލިޔެފައި އޮތް މަގުން ކުރިއަށް ވަޑައިގަންނަވަން ކަމަށް މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަތުމަށް ރައީސް ޔާމީނަށް އޮތް ހަމައެކަނި މަގަކީ، ސިޔާސީ ގޮތުން އަންނަ ހުށަހެޅުންތައް ޤަބޫލުކޮށް އާއިލާއާއެކު ރާއްޖޭން ބޭރަށް ވަޑައިގަތުން ކަމަށެވެ. ނަމަވެސް އެގޮތަކަށް އެކަންކަމެއް ނުހިނގާނެ ކަމަށްވެސް މުންދު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ޖަލުގައި ބޭސްފަރުވާގެ ކަންކަން ހަމަޖެހިފައިވާ ގޮތުގެ ވާހަކަ މިނިސްޓަރު އިމްރާން ދައްކަވާއިރު، ޖަލަށްވުރެ ގިނަ ދުވަހު އިމްރާން ހުންނެވީ އާއިލާއާއެކު ގޭގައި ކަމަށް މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ މިނިސްޓަރު އިމްރާނަކީ ވަރަށް ދޮގު ހައްދަވާ ބޭފުޅެއް ކަމަށެވެ. ސިޔާސީ ބޭނުމެއްގައިވެސް އެފަދަ ދޮގޮތައް ހެއްދެވުމުން އެކަން އެފަދަރާތައްވެސް އަމާޒްވާނެ ދުވަހެއް އަންނާނެ ކަމަށް މުންދު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެންނެވެ. އެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައި ހުރި އިރު ވެސް އަދި ކުށް ސާބިތުވެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ޖަލަށް ހުކުމް ކުރި ފަހުން ވެސް އެމަނިކުފާނު އައިޖީއެމްއެޗަށް ގެންގޮސް ޓެސްޓްތައް ހަދައި ފަރުވާ ދީފައިވެ އެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފް މަރުހަލާގައި އެމަނިކުފާނު ވަނީ ސިއްހީ މައްސަލަތަކެއްގެ ވާހަކަ ވިދާޅުވެފަ އެވެ. ރާއްޖެ އިން ފަރުވާ ލިބެން ނެތް ސިއްހީ މައްސަލަތަކެއް ހުރި ކަމަށް އެ މަނިކުފާނުގެ ފަރާތްޕުޅުން ކޯޓުގައި ފާހަގަކޮށްފައިވީ ނަމަވެސް އެ ކަންކަމުގައި އަމަލުކުރަންޖެހޭ އިޖްރާއާތުތައް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހުރި ގަވާއިދުތަކުގައި އެބަހުރި ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: