ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެލްތު މިނިސްޓަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުން ޤާނޫނު އަސާސީއާއި ޚިލާފު: އަފީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު ހެލްތު މިނިސްޓަރު އިއުލާންކުރެއްވުމަކީ ޤާނޫނު އަސާސީ އާއި ޚިލާފު ކަމެއް ކަމަށާއި މިއަދު ހެލްތު މިނިސްޓަރު އެހުންނެވީ ޤާނޫނު އަސާސީއާއި ޚިލާފުވެޑައިގެންފައި ކަމަށް ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ވަކީލުންނަށް ލައިސަންސް ދިނުމުގެ ކުރިން ހަދަން ލާޒިމްކުރާ ތަމްރީނާއި އިމްތިހާނުގެ ޝަރުތަށް އަމަލުކުރުން ލަސްކުރުމަށް ގާނޫނީ ފަންނުގެ ގާނޫނަށް ދަނގެތީދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ހުށަހެޅުއްވި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ ޤާނޫނު އުނގެނުމަކުން ނުފެދޭ ކަމަށާއި ޤާނޫނުތައް މާނަކުރުމުގެ އިލްމުވެސް އުގެނެންޖެހޭ ކަމަށެވެ.

އަފީފް ވިދާޅުވީ މިއަދުވެސް މިތިބީ ޤާނޫނު އަސާސީ މާނަކުރުމުގެ މައްސަލައެއް ދިމާވެފައި ކަމަށެވެ. އެގޮތުން ރާއްޖޭގައި ބަލިމަޑުކަމެއް ފެތުރޭ ކަމަށްވާނަމަ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްސޫލިއްޔަތެއް ކަމަށް ޤާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ފިޔަވައި އެހެން މީހަކު ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރުމަކީ ޤާނޫނު އަސާސީ ދަންނަ ކަމެއް ނޫން ކަމަށް އަފީފް ވިދާޅުވިއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅޭ ބާބެއް ޤާނޫނު އަސާސީގައި އެބް އޮތް ކަމަށާއި ދެހާސް ނުވަ ވަނަ އަހަރު އެކުލަވާލި އާންމު ސިއްޙަތުގެގެ ޤާނޫނަކީ ޤާނޫނު އަސާސީއާ ތަޢާރަޒްވާ ގާނޫނެއް ކަމަށް އަފީފް ވިދާޅުވިއެވެ.

ޤާނޫނު އަސާސީ އާއި ތަޢާރަޒުވާ ޤާނޫނެއް ބާތިލުކުރަން ކޮންމެހެން ސުޕްރީމް ކޯޓާއި ހަމައަށްދާކަށް ނުޖެހޭ ކަމަށް އަފީފް ވިދާޅުވިއެވެ. ޤާނޫނު އަސާސީ އާއި ތަޢާރަޒްވާ ޤާނޫނެއްކަން އަމިއްލަ އަށް އެނގޭނަމަ އެކަމަކަށް އަމަލު ނުކުރަން ނިންމިދާނެ ކަމަށް އަފީފް ވިދާޅުވިއެވެ.

“މިއަދު އެ ހެލްތު މިނިސްޓަރަކަށް އެ ހުންނެވި ބޭފުޅާ އެ ހުންނެވީ ޤާނޫނާއި ޚިލާފަށް، މި ޤާނޫނު އަސާސީއާއި ޚިލާފަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން، މިފަދަ މީހުން ބައިތިއްބަންވީތޯ އަޅުގަނޑުމެން މަޤާމުތަކުގައި، ކޮންމެ މީހަކަށްވެސް ޤާނޫނު އަސާސީއާ ޤާނޫނުތައް އެބަ އެގެންޖެހޭ” އަފީފް

މީގެ އިތުރުން އަފީފް ވިދާޅުވީ ޤާނޫނަކުން ބަޔަކާއި މައްސޫލިއްޔަތުތަކެއް ޙަވާލުކޮށް އެބަޔަކަށް އެކަން ނުވުމުން އަނެއްކާވެސް ޤާނޫނަށް ބަދަލު ގެނައުމަކީ ޤަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ.   އަދި މިސަރުކާރު އައުމާއި ހަމައަށް ބާކައުންސިލުގެ ޤާނޫނުގެ މަސައްކަތްވެސް އޮތީ ނުކުރެވިފައި ކަމަށް އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ މީގެ ކުރިން ކޮންމެ ކަމެއްގައިވެސް އެންމެ ފަހުބަސް ބުނާތަނަކީ ސުޕްރީމް ކޯޓުކަމަށްވެފައި އޮތް ޒަމާނެއް ދިޔަ ކަމަށާއި އޭރުގައި ހުންނެވި އުއްތަމަ ފަނޑިޔާރަށް ފަހުބަސް ނުބުނެވޭ ހަމަ އެއްވެސް ނެތް ކަމަށެވެ. އެ ހާލަތު ގޮސްފައި އޮތް މިންވަރަކީ ދެމަފިރިގެން ދެމެދުގައި ޖެހޭ މައްސަލައެއްގައިވެސް އެންމެފަހުބަސް ބުނާ ފަރާތަކީ ސުޕްރީމް ކޯޓަށްވެފައި އޮތުން ކަމަށް އަފީފް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުންވެސް ކަންކަމުގައި ފަހުބަސް ބުނަމުންދިޔައީ ޤާނޫނު އަސާސީގައި ބުނާ އެއްޗެއް ނުބައި މާނަ ނަގައިގެން ކަމަށް އަފީފް ވިދާޅުވިއެވެ. އެގޮތުން ބާ ކައުންސިލުވެސް އުފެއްދިޔަނުދީ އެކަމަށްވެސް ހުރަސް އެޅިކަމަށް އަފީފް ވިދާޅުވިއެވެ.

ގާނޫނީ ފަންނުގެ ބިލަށް އިސްލާހު ހުށަހަޅުއްވަމުން ދަނގެތީ ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވީ ބާކައުންސިލުން ބާއްވަން ޖެހޭ އިމްތިހާނު ނުބޭއްވި ލަސްވާތީ ގާނޫނީ މަސައްކަތަށް ނުނުކުމެވިފައި ތިބި 300 އެއްހާ ދަރިވަރުން އެބަތިބި ކަމަށާއި އެ އެންމެން ތިބީ މަގުމަތިވެފައި ކަމަށެވެ. ގާނޫނު އިސްލާހުކޮށް، އިމްތިހާނުގެ ޝަރުތު މިހާލަތުގައި ލަސް ނުކުރާ ނަމަ އެ އެންމެންނަށް ވަރަަށް ބޮޑު ނިކަމެތިކަމެއް ލިބޭނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: