ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނީ ވަކީލަކަށްވުމުގެ ޝަރުތު ލަސްކުރާ ބިލް ކޮމެޓީއަށް

ބާ ކައުންސިލްގެ މެމްބަރުންނާއި އެކު ޖުޑިޝަރީ ކޮމެޓީން ބޭއްވި ބަްދަލުވުމުގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ގާނޫނީ ވަކީލަކަށް ވެވޭނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތު ފަސް ކުރުމަށް ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް ދިރާސާ ކުރުމަށް މަޖިލީޙުގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވައިފިއެވެ. 

ވަކީލު ކަމުގެ ހުއްދަ ދޫ ކުރުމުގެ ކުރިން ބާ ކައުންސިލްގެ ބެލުމުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ ތަމްރީން ޕްރޮގްރާމާއި ބާ އިމްތިހާނު ފުރިހަމަ ކުރަންޖެހޭ ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި އޮންނަ ޝަރުތަށް އަމަލު ކުރުން ފަސް ކުރަން އެ ގާނޫނަށް އިސްލާހު ގެންނަ ބިލެއް މަޖިލީޙަށް ހުށަހެޅީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއެވެ. 

ގާނޫނީ ފަންނުގެ ގާނޫނަށް ނާޒިލް ހުށަހެޅުއްވި އިސްލާހުގެ ބިލްގައި ވަނީ ގާނޫނީ ފަންނުގެ ގާނޫނުގައި ވަކީލު ކަމުގެ ހުއްދަ ދޫ ކުރުމަށް އޮންނަ އެ ދެ ޝަރުތަށް އަމަލު ކުރުން އަންނަ އަހަރުގެ ޖެނުއަރީއާ ހަމައަށް ފަސް ކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށެވެ.

މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ބިލް ހުށަހަޅުއްވަމުން ނާޒިމް ވިދާޅުވީ  ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ބާ އިމްތިހާން ބާއްވަން ބޮޑެތި ދަތިތަކެއް ހުރި ކަމަށް ބާ ކައުންސިލުން ބުނެފައިވާ ކަމަށާއި އެ އިމްތިހާނަކީ އެމެރިކާގެ ނޭޝަނަލް ސެންޓާ ފޯ ބާ އެގްޒެމިނާސް (އެންސީބީއީ) އާާ ގުޅިގެން ބާއްވާ އިމްތިހާނެއް ކަމަށެވެ. އެހެން މިވަގުތު ގާނޫނީ ވަކީލްކަން ކިޔަވައި ނިންމާފައިވާ ކުދިންނަށް ވެސް މިހާރު ރާއްޖޭގެ ހާލަތު ޮއތް ގޮތުން ލުއިތަކެއް ދޭން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. 

ގާނޫނީ ފަންނުގެ ގާނޫނަށް ނާޒިމް އިސްލާހު ހުށަހަޅުއްވާފައިވާއިރު އެ ގާނޫނުގެ ދަށުން އުފައދާފައިވާ ބާކައުންސިލުން ގާނޫނުގެ ދަށުން ކުރަން ޖެހޭ ކަންކަން ފުރުހަމަ ކުރަމުން ނުދާ ކަމަށް ބުނެ ބާ ކައުންސިލްގެ މެމްބަރުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. 

ޖުޑިޝަރީ ކޮމެޓީގައި ބާ ކައުންސިލްގެ މެމްބަރުން ވިދާޅުވެފައި ވަނީ  ގާނޫނުތައް ވުޖޫދަށް ގެންނަނީ ކަންކަމަށް ހައްލު ގެނައުމަށް ކަމަށާއި ނަމަވެސް، ގާނޫނީ ފަންނުގެ ގާނޫނު ވުޖޫދަށް ގެނައިރު ލޯޔަރުންގެ މައްސަލައިގައި އެ މީހުންގެ ހައްގުތަކަށް ކުރާނެ އަސަރުތަކާއި އެ މީހުންގެ ދިރިއުޅުމަށް ކުރާނެ އަސަރުތަކާއި އަދި އާމްދަނީ ހޯދުމުގެ ހައްގަށް އަންނާނެ އުނިކަން ބެެލެވިފައި ނެތްކަމަށެވެ. 

ކޮމިޓީގައި ވާހަކަ ދައްކަވަމުން ބާ ކައުންސިލްގެ މެމްބަރު ނޫރުބާން ފަހުމީ ވިދާޅުވީ، ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އުސޫލުތައް ތަންފީޒު ކުރުމަށްޓަކާ އުނދަގޫތަކަކާއި ކުރިމަތިވާ ކަމާށެވެ. އަދި ގާނޫނުގެ ދަށުން ރައްކާތެރިކަން ލިބިދިނުމަށް ބޭނުންވާ ވަކީލުންގެ ހައްގުތަކަށް މި ގާނޫނުގެ ދަށުން ނިކުންނަށް ބައެއް ދަތިތަކާއި އެކަންތަކަށް ހައްލެއް ބޭނުންވާ ކަމަށެވެ.

އެޑިއުކޭޝަން ކަރަކިއުލަމް އެކުލަވާލެވޭ މައްދާއަށް ބޮޑަށް ބޭނުންވަނީ ވަކި މުއްދަތުތަކެއް ގާނޫނުގައި ކަނޑައެޅިފައި ހުރި އެ މުއްދަތުތައް ފަހަނައަޅައި ދާއިރު އިތުރު މުއްދަތެއް އިންޓަރިމް މާއްދާއެއް ހިމެނުމަށް ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް، މިހާރު ކުރެވެން ނެތް ބައެއްކަންކަން ހުރިކަން ނޫރުބާން ފާހަގަކުރެއްވިއެވެ.

އޭގެ ތެރޭގައި ކިޔަވާ ނިމިފައި ތިބި ވަކީލުންނާއި، މި މުއްދަތުގައި ކިޔަވަމުންދާ ވަކީލުންނަށް ޓްރެެއިނިން ހިންގުމާއި، ބާ އިމްތިހާނުތަކުގައި ބައިވެރިވެވޭގޮތަށް ގާނޫނުގައި ބަޔާން ކުރާ ކަރައިޓީރިއާއަށް ފެތޭނެގޮތް ކަނޑައަޅާނެ ގޮތް ހިމެނޭކަމަށް ނޫރުބާން ފާހަގަ ކުރެއްވިއެވެ.

އިސްލާހުތައް ގެންނަން ބޭނުންވާ މައިގަނޑު ސަބަބުތައް ފާހަގަކުރައްވަމުން ނޫރުބާން ވިދާޅުވީ، މިއަދުގެ ހާލަތަށް ރިއާޔަތް ކުރާއިރު އަދި ކުރިޔަށް އޮތް ތަނުގައި އެ މިންގަނޑުތަކަށް ހުރިހާ ކަމެއް ފެއްތުމަށް ބޭނުންވީ ނަމަވެސް މިހާރުން މިހާރަށް އެކަންތައް ކުރެވެން ނެތުމުން ލޯ ޕްރެކްޓިސްއަށް ލައިސެންސް ދިނުމާއި ވަކީލުންނަށް ޓްރެއިނިން ދިނުމާއި މިހުރިހާކަމަކަށް ވެސް އެކަށީގެންވާ ހައްލެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެހެން ކަމުން ބޭނުންވަނީ އިންތިގާލީ މާއްދާތަކެއް ހިމަނައި ފަހުން ތަފްސީލުތައް އެކުލަވާލެވެން ދެން ގާނޫނުގެ ތެރެއިން ލުއި ގޮތްތަކެއް ހޯދައިދިނުމަށް ކަމަށް ނޫރުބާން ފާހަގަ ކުރެއްވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: