ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ބައްޔަށް ފަރުވާ ދިނުމުގައި ތަފާތު ކުރުން ނުގެންގުޅޭ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ

ކޮރޯޏާ ވައިރަހާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުރައް ރާއްޖެއިން ދަނީލ ލިއޮ ކުރަމުން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ތަފާތުކުރުމެއް ނެތި އެންމެނަށް ހަމަހަމަކަމާއެކު ކޮވިޑް-19 އާ ގުޅިގެން ސިއްހީ ފަރުވާދޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން އދގެ އިންސާނީ ހައްޤުތަކާ ބެހޭ އެންމެ އިސްވެރިޔާ ފާހަގަކުރައްވައިފިއެވެ.

ހިއުމަން ރައިޓްސް ހައިކޮމިޝަނަރ މިޝެލް ބެޝެލޭ ވިދާޅުވީ މީހާ ނިސްބަތްވާ ޤައުމު ނުވަތަ އެމީހެއްގެ ނިސްބަތަށް ބެލުމެއް ނެތި ދިވެހިރާއްޖެއިން ކޮވިޑް-19 އާ ގުޅިގެން ސިއްހީ ފަރުވާ ފޯރުކޮށްދެމުންދާ ކަމަށެވެ.

އެކަމަނާ މިހެން ވިދާޅުވީ ޖޫން މަހުގެ 10 ވަނަ ދުވަހު ނަން-އެލައިންޑް މޫވްމަންޓްގެ ޖެނީވާ ޗެޕްޓަރގެ ވަރޗުއަލް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓީ ނާމްގެ ރިޔާސަތު މިހާރު ބަލަހައްޓަމުން އަންނަ އަޒަރްބައިޖާންގެ ސަފީރެވެ.

ރާއްޖޭގައި ތިބި ބޭރު މީހުންނަށް ކޮވިޑް-19 އާ ގުޅިގެން ބޭސްފަރުވާކުރުމުގައި ތަފާތުކުރުމެއް ނުގެންގުޅޭނެކަމުގެ ޔަޤީންކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މީގެ ކުރިން ވަނީ އަރުވާފައެވެ.

ކޮވިޑް-19 ގެ ފަރުވާގެ ކަންކަމުގައި ތަފާތުކުރުމެއް ނުގެންގުޅޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި ރައީސް ސޯލިހްގެ ސަރުކާރު އައި ފަހުން ރާއްޖެއަކީ މިސާލެއްކަމަށް މިދިޔަ އަހަރު އިންސާނީ ހައްޤުތަކާ ބެހޭ ހައިކޮމިޝަނަރ ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ހާލާ ހަމީދު ވަނީ އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށް ހައިކޮމިޝަނަރގެ އޮފީހުން ކުރައްވާ މަސައްކަތަށް ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: