ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް19 އާއި ގުޅިގެން އީޔޫގެ އިތުރު އެހީތަކެއް ރާއްޖެއަށް

ކޮވިޑުން ސަލާމަތްވުމަށް ރާްޖެއިން ކުރަމުންދާ މަސައްކަތަށް ބޭރުގެ ގިނަ ގައުމުތަކުން ދަނީ ރާްޖެއަށް އެހީތެރިކަން ފޯރުކޮށް ދެމުން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ޔޫރޮޕިއަން ޔޫނިއަން (އީޔޫ) އިން އިތުރު އެހީތަކެއް ދިވެހިރާއްޖެއަށް ދިނުމަށް ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރ އަބްދިﷲ ޝާހިދު ވިދާޅުވެއްޖެއެވެ. 

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އީޔޫގެ ހާރިޖީ ކަންތައްތަކާބެހޭ ވެރިޔާ ޖޯސެޕް ބޮރެލް އާއި ފޯނުން ގުޅުއްވައި މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށާއި މި މަޝްވަރާތަކުގައި ރާއްޖެ އާއި އީޔޫ އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

ކޮވިޑްގެ ކަންކަމާއި ގުޅިގެން އީޔޫއިން މިހާތަނަށް ރާއްޖެ އަށް ތިން މިލިއަން ޔޫރޯ ދީފައިވާކަން ފާހަގަކުރައްވަމުން ޝާހިދު ވަނީ ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް މެދުވެރިކޮށް ރާއްޖެ އަށް އިތުރު އެހީތައް ދިނުމުގެ ކަންކަން ވަރަށް އަވަހަށް ނިމޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

އީޔޫ އިން ރާއްޖެ އަށް އިތުރު އެހީތައް ދިނުމަށް ނިންމިއިރު، ރާއްޖެ އަށް 12.8 މިލިއަން ޑޮލަރު ދޭން ވޯލްޑް ބޭންކުން ވެސް އިއްޔެ ވަނީ ނިންމާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ވާލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން7،3 މިލިޔަން ޑޮލަރުގެ އެހީއެއް ދިނުމަށް ވަނީ ނިންމާފައެވެ. 

“މޯލްޑިވްސް ކޮވިޑް-19 އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ޕްރިޕެއާޑްނެސް ޕްރޮޖެކްޓް”އާ ގުޅޭގޮތުން ވޯލްޑް ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ  ކުރިމަތިވާ ކާރިޘާތަކާއި ކުއްލި ޙާލަތްތަކުގައި މާލީ ގޮތުން އެހީތެރިވުމަށްޓަކައި ދިވެހިރާއްޖެއާ އެކު 2019 ވަނަ އަހަރު ސޮއިކޮށްފައިވާ، “ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން”، ކެޓް ޑީޑީއޯ ގެ ދަށުން، 10 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ވެސް ދިވެހިރާއްޖެއަށް ހަމަޖައްސައިދީފައިވާކަމަށެވެ

މީގެ އިތުރުން ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދެވޭކަން ކަށަވަރުކުރުމުގައި ހޮސްޕިޓަލްތަކަށް އެހީތެރިވުމާއި، ކޮރޯނާވައިރަސް ދެނެގަތުމަށްޓަކައި މާލެ އާއި އަތޮޅުތަކުގައި ހުރި ލެބޯޓްރީތަކުގެ ޤާބިލްކަން އިތުރުކުރުމަށާއި، އަދި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިން ތަމްރީން ކުރުމަށް ވެސް މި އެހީގެ ބޭނުން ޖެހޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: