ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީރާއަށް މެއި މަހު ލިބުނު ޢާމްދަނީ، 81 ޕަސެންޓް ދަށްވެއްޖެ

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާއަށް) ހުސްވި މެއި މަހު ލިބުނު ޢާމްދަނީ، 81 ޕަސެންޓް ދަށްވެއްޖެއެވެ.

މީރާއިން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، ހުސްވި މެއި މަހު މީރާ މެދުވެރިކޮށް ދަޢުލަތަށް ލިބިފައިވަނީ، 206.28 މިލިއަން ރުފިޔާއެވެ. މި ޢަދަދަކީ، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 81.0 ޕަސެންޓް ދަށް އަދަދެކެެވެ.

މީރާއިން ހާމަކުރިގޮތުގައި، މެއި މަހުގެ ޢާމްދަނީ އެހާ ބޮޑަށް ދަށްވެފައިވަނީ، ކޮވިޑާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކުރުމާ ގުޅިގެން، ޓެކްސް ސުންގަޑިތައް ފަސްކޮށްފައިވުމާއި، ފަތުރުވެރިން ރާއްޖެއަށް ނާންނާތީ ކަމަށެވެ.

މީރާއަށް މެއި މަހު ލިބުނު ޢާމްދަނީއަށް ބަލާއިރު، އޭގެތެރެއިން، 55 ޕަސެންޓަކީ ޖީއެސްޓީގެގޮތުގައި ލިބުނު ފައިސާއެވެ. މީގެ އިތުރުން އިންކަމް ޓެކްސްގެ ގޮތުގައި، 9.7 ޕަސެންޓް ފައިސާ ލިބިފައިވާއިރު، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި، 8.2 ހިއްސާކުރެއެވެ. އެއަރޕޯޓް ސާރވިސް ޗާޖުގެ ގޮތުގައި، 8.0 ޕަސެންޓް ފައިސާ ހިއްސާކުރާއިރު، ޓުއަރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި، 5.8 ފައިސާ ހިއްސާކުރެއެވެ. އަދި އެހެނިހެން ފީ ތަކުން 13.3 ފައިސާ ހިއްސާކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: