ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަތީ ތަޢުލީމުގެ ބިލާއި، ތަޢުލީމުގެ ބިލަށް ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ބިލާއި، ތަޢުލީމުގެ ބިލަށް ޚިޔާލުފާޅުކުރުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަރިކައި ކޮމިޓީގައި މިހާރު ދިރާސާކުރަމުންދާ މަތީ ތަޢުލީމުގެ ބިލާއި، ތަޢުލީމުގެ ބިލަށް ޢާންމުގެ ޚިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިއަދު އެވެ.

މި ހުސްވި އަހަރު ޑިސެމްބަރު މަހު 06 ވަނަ ދުވަހު ރައްޔިތުން މަޖިލީހުން ބަލައިގެންފައިވާ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ބިލަކީ، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ހުށަހަޅުއްވާފައިވާ ބިލެކެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު ހުށަހެޅުއްވުމުގެ މަޤްސަދަކީ، ރާއްޖޭގައި މަތީ ތަޢުލީމު ތަރައްޤީކޮށް ކުރިއެރުވުންކަމަށާއި، މަތީ ތަޢުލީމުދޭ މަރުކަޒުތައް ރަޖިސްޓްރީކޮށް، އެ މަރުކަޒުތައް ހިންގާނެ އުސޫލުތައް ބަޔާންކުރުންކަމަށް ބިލުގައިވެއެވެ.

މީގެ އިތުރުން، މަތީ ތަޢުލީމުގެ ކަންކަން ވިލަރެސްކުރުމަށާއި، އެ ތަންތަން މޮނިޓަރކޮށް، އެ ތަންތަނުންދޭ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، ސަރުކާރުގެ އިދާރާއެއް ޤާއިމުކޮށް، އެ އިދާރާގެ މަސްއޫލިޔަތުތަކާއި ބާރުތައް ކަނޑައެޅުންކަމަށް ވެސް ބިލުގައިވެއެވެ. އަދި މަސައްކަތުގެ ތަޢުލީމާއި ތަމްރީނުދިނުމުގެ ޚިދުމަތް ހަރުދަނާ ނިޒާމެއް ރާވައި ހިންގުމާއި ބެހޭ އުސޫލުތައް އެކަށައަޅުމާއި، އެ ނޫންވެސް މަތީ ތަޢުލީމިގެ ދާއިރާ ތަރައްޤީކޮށް، ކުރިއެރުވުމާބެހޭ އުސޫލު ކަނޑައަޅައި ބަޔާމްކުރުމުގެ ޤާނޫނެއް ތަޢާރަފުކުރުންކަމަށް ބިލުގައިވެއެވެ.

މީގެ އިތުރުން މި އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު މުމްތާޒު ފަހުމީ ހުށަހަޅުއްވާފައިވާ، ތަޢުލީމުގެ ބިލުގައި، ތަޢުލީމީ ނިޒާމުގެ މައްޗަށް ބިނާވެގެންވާ އަސާސުތަކާއި، އުނގެނުމާއި ގުޅޭގޮތުން ރައްޔިތުންނާއި، ދަރިވަރުންނަށްނަށް ލިބިދޭ ޙައްޤުތަކާބެހޭ އުސޫލު ކަނޑައެޅުން ހިމެނެއެވެ. އަދި ދަޢުލަތާއި، ބެލެނިވެރިންނާއި، މުދައްރިސުންގެ މަސްއޫލިއްޔަތު ކަނޑައެޅުމާއި، ތަޢުލީމުދިނުމާބެހޭ އެ ނޫންވެސް ޢާންމު ހަމަތަކާއި، އުސޫލުތައް ކަނޑައެޅުންކަމަށް ބިލުގައިވެއެވެ.

މި ގޮތުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ހުށަހަޅުއްވާފައިވާ ބިލަށާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު މުމްތާޒު ފަހުމީ ހުށަހަޅުއްވާފައިވާ ބިލާމެދު ޚިޔާލުފާޅުކުރުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލާފައިވާކަމަށް މަޖިލީހުން ބުނެއެވެ. އަދި ޚިޔާލެއް އޮތްނަމަ ކޮމިޓީގެ އީމެއިލް އެޑްރެހަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމަކުން ހުށަހެޅުމަށް ވެސް މަޖިލީހުން އެދިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: