ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު 27 ކޭސްއާއި އެކު ރާއްޖޭގެ އަދަދުތައް 2000 އިން މައްޗަށް!

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 27 މީހަކު   ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން މިރޭ ހާމަކޮށްފައިވާ ގޮތުގައި، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާއެކު، ޖުމްލަ ޢަދަދު މިވަނީ 2003 އާއި ހިސާބަށް މައްޗައް އަރާފައެވެ.

މި ގޮތުން، ބުރާސްފަތި ދުވަހު 18:00އިން ފެށިގެން، މިއަދުގެ 18:00 އާއި ހަމައަށް ޕޮޒިޓިވްވެފައިވާ މީހުންގެތެރޭގައި ހިމެނެނީ، 14 ދިވެއްސަކާއި، ބަންގްލަދޭޝްގެ 12 މީހަކާއި އިންޑިއާ މީހެކެވެ.

މީގެ އިތުރުން އެޗްޕީއޭއިން ރިޕޯޓުކުރި ގޮތުގައި، ކޮވިޑް-19 ޖެހިގެން ފަރުވާހޯދަމުންއައި އިތުރު 40 މީހަކުވަނީ، ރަނގަޅު ވެސް ވެފައެވެ. މިއާއެކު ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ، 1193 އަށް އިތުރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: