ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއިން ރަށަށް ދާ މީހުންގެ ކަރަންޓީން އުސޫލަށް އިސްލާހެއް: ބޭރަށް ނިކުތުން މިހާރު މަނަލެއް ނޫން!

މާލެއިން ރަށަށް ދާ މީހުންގެ ކަރަންޓީން އުސޫލަށް އިސްލާހެއް: ބޭރަށް ނިކުތުން މިހާރު މަނަލެއް ނޫން!
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއިން، ރަށަށް ދާ މީހުން ދިރިއުޅޭ ރަށަށް ގޮސް ހޯމް ކަރަންޓީނުވެގެން ތިބޭއިރު މީގެ ކުރިން އެ މީހުން އެ ގެއިން ނިކުތުމަކީ މަނާކަމެއް ކަމަށް ބުނެފައި އޮތް އޮތުން ބަދަލުކޮށް އުސޫލު އިސްލާހުކޮށްފިއެވެ.

އިސްލާހުކޮށް އާއްމުކޮށްފައިވާ އުސޫލުގައި ބުނެފައިވާ ގޮތުން، ގޭގައި ދިރިއުޅޭ މީހުން ކޮންމެހެން ނުކުންނަންޖެހިއްޖެ ހާލަތެއްގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ބޭރަށް ދެވިދާނެއެވެ. އަދި އެ މީހުން އެހެން ގެތަކަށް ނުދިއުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން އެއީ މުހިންމުކަމެއްގެ ގޮތުގައި ވަނީ ބުނެފައެވެ.

އުސޫލުގައި ބުނެފައިވަނީ ކޮވިޑާއި ގުޅިގެން ގޭގައި ކަރަންޓީނު ކުރާ މީހާ ކަރަންޓީނު ކުރާ މުއްދަތުގައި ގެއިން ބޭރަށް ނިކުތުން އެދެވިގެން ނުވާ ކަމަށެވެ. މީގެ ކުރިން ހެލްތް މިނިސްޓްރީގެ އުސޫލުގައި ވަނީ ގެއިން ބޭރަށް އެއްވެސް ގޮތަކަށް ނިކުމެ، އެއްވެސް މީހަކާއި ބައްދަލުކޮށްގެން ނުވާނެ ކަމަށެވެ.

މާލެއިން ރަށަށް ގޮސް ގޭގައި ކަރަންޓީނުވުމުގެ ޝަރުތު ހަމަވާނީ ބަލީގެ އަލާމާތެއް ނެތް ނަމައެވެ. އަދި ރަށަށް ދިއުމަށް އެރަށެއްގެ ކައުންސިލަށް ހުށަހެޅުމުން އެ މީހަކު ކަރަންޓީނުވާން ބުނޭ ގެއަކީ އުސޫލަށް ފެތޭތަނެއްތޯ އެ ރަށެއްގައި ކަނޑައަޅާފައިވާ ޕަބްލިކް ހެލްތް ޔުނިޓާއި އެ ރަށެއްގެ ކައުންސިލް ގުޅިގެން ބަލާނެއެވެ. އެއަށްފަހު ކައުންސިލުން އެކަން، ކައުންސިލްގެ ބެލެނިވެރި ފަރާތް ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ހުށަހެޅުމުން އެ މީހުންނަށް ހުއްދަތައް ދޭންޖެހޭ ތަރުތީބުން ހުއްދަތައް ދޫކުރަމުން ދާނެއެވެ.

މިހާރުގެ އުސޫލާއި އެއްގޮތަށް އެ ގެއެއްގައި ހޯމް ކަރަންޓީނު ކުރާ މީހެއް ހުރި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު އެ މީހަކަށް ބޭރަށް ނިކުމެވޭނެއެވެ.

ކޮންމެ މީހެއް ރަށަށް ދިއުމުގެ ހަރަދުތައް ސަރުކާރުން ހަމަޖައްސާއިރު، އެ މީހަކު ގޭގައި ކަރަންޓީނު ވާން ޖެހޭނީ 24 ދުވަހުގެ މުއްދަތަކަށެވެ. އަދި ކޮވިޑަށް އެ މީހަކު ޓެސްޓު ކުރާނީ އޭގެ ފަހުންނެވެ.

އުސޫލުގައި ބުނެފައިވާ ގޮތުން ކަރަންޓީނުވާ ގެއެއްގައި 60 އަހަރުން މަތީގެ މީހުންނާއި، މާބަނޑު މީހުން އަދި ކިޑްނީގެ ބަލިތަކާއި، ނޭވާ ހިއްލުން އަދި އެ ނޫންވެސް ސީރިއަސް ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހެއް ހުރެގެންނެއް ނުވާނެއެވެ.

މީގެ އިތުރުން އެ މީހަކަށް ވަކި ފާހަނާއެއް ހުންނަން ޖެހޭއިރު ކަރަންޓީނުގައި ހުންނަ މީހާ ބޭނުން ކުރާ ހުރިހާ ސާމާނެއް ހުންނަން ޖެހޭނީ ވަކީންނެވެ. އަދި އެގެއަކަށް އެއްވެސް މީހަކަށް ޒިޔާރަތެއް ނުކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: