ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަށް އުފެއްދި ޕާޓީތަކުގެ ކޮންގްރެސް ބާއްވަން އިތުރު މުއްދަތެއް ދެނީ!

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީ ރަޖިސްޓަރީކުރާތާ ލަސްވެގެން 9 (ނުވައެއް) މަސް ދުވަހުގެ ތެރޭގައި ގައުމީ ބައްދަލުވުން ބޭއްވިފައިނުވާ ޕާޓީތަކާއި މެދު މިވަގުތު އެއްވެސް ފިޔަވަޅެއް އެޅުމަށް ވިސްނާފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ކޮންގްރެސް ނުބާއްވާ ސިޔާސީ ޕާޓީތަކާއި ގުޅޭގޮތުން ”ސަންގު“ ދެންނެވި ސުވާލަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އަހުމަދު އަކްރަމް ވިދާޅުވީ ނުވަމަސް ދުވަހުގެ ތެރޭގައި ބާއްވަންޖެހޭ ދާއިމީ ކޮންގްރެސް ނުބާއްވާ ހަތަރު ޕާޓީއެއް ހިމެނޭ ކަމަށެވެ.

އަކްރަމް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން، އަޅާފައިވާ ފިޔަޅުތަކާއި ހަމައަށް އައިއިރު، އެޕާޓީތަކަށް ދީފައިވާ މުއްދަތު ހަމަވެފައިނުވާ ކަމަށެވެ. އެހެންވެ ކޮމިޝަނުގެ ވިސްނުން މިވަގުތު ހުރީ އެފަދަ ރަސްމީ މުއްދަތެއް ހަމަވާނަމަ އިތުރު ފުރުސަތެއް ދިނުމަށް ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަލަށް ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީތަކުގެ ކޮންގްރެސް އާ ގުޅޭގޮތުން ކޮމިޝަނުން ވަރަށް އަވަހަށް ގޮތްތަކެއް ނިންމާނެ ކަމަށް އަދި އެކަން އެ ސިޔާސީ ޕާޓީތަކަށް އަންގާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި އިތުރުކުރާ މުއްދަތަކާއި އެނޫންވެސް ކަންކަން އަންގާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ލޮކްޑައުންގެ ހާލަތުގައި ކަމާއިބެހޭ ފަރާތްތަކުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އެހެންވެ ގިނަ މީހުން އެއްވެގެން ބާއްވަންޖެހޭ ކަންކަން ކުރުމަށް އުނދަގޫތަކެއް ހުންނާނެ ކަމަށް ކޮމިޝަނުގެ މެންބަރުން ޤަބޫލުކުރައްވާ ކަމަށެވެ.

މިހާލަތުގައި އެއްވެސް ޕާޓީއެއް އުވާލުމުގެ ހާލަތަކަށް ނުދާނެ ކަމަށާއި އަލަށް ރަޖިސްޓްރީ ކުރި ޕާޓީތަކަށް އެކަންކަން ކުރުމުގެ ފުރުސަތު ކޮމިޝަނުން ފަހިކޮށްދޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

”އަޅުގަނޑުމެނަށް ފާހަގަވި އެޗްޕީއޭގެ ފިޔަވަޅުތަކާއެކު، މީހުން އެއްވެގެން ކުރާކަންކަން ނުވާނެކަން. ސިޔާސީ ޕާޓީއެއްގެ ކޮންގްރެސް އަކީވެސް ގިނަ ބަޔަކު އެއްތަނަކަށް އެއްވެގެން ކުރިއަށް ގެންދެވޭނެ ކަންކަން، އެހެންވީމަ އެޕާޓީތަކަކަށް އެ ފުރުސަތެއް ނެތް އެކަންކުރާކަށް“ އަކްރަމް

މީގެ އިތުރުން އަކްރަމް ވިދާޅުވީ ޕާޓީތަކަށް ސިޔާސީ ޙަރަކާތްތައް ހިންގުމުގެ މާހައުލެއް މިވަގުތު ރާއްޖެއަކު ނެތް ކަމަށެވެ. އެހެންވެ އެފަދަ މާހައުލެއްނެތި ދިމާވާ ކަމަކާއި ގުޅިގެން އެއްވެސް ފަރާތަކަށް ފިޔަވަޅު އެޅުމަކީ ކޮމިޝަނުން ގެންގުޅޭ ވިސްނުމެއް ނޫން ކަމަށް އަކްރަމް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްފަހު ކޮންގްރެސް ނުބާއްވާ ހަތަރު ޕާޓީއެއްވެއެވެ. އެއީ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ) އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމް.އެލް. އެސް.ޑީ.ޕީ) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) އެވެ.

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: