ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

11 އަހަރުގެ ކުޑަ ކުއްޖާ ރޭޕްކޮށްފައި ވަނީ ގްރޫމްކޮށްގެން: ފުލުހުން

ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި 11 އަހަރުގެ ކުއްޖާ ރޭޕްކޮށްފައިވަނީ ގުރޫމް ކުރުމަށްފަހު ކަމަށް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. 

ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީ އެވެ. އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން ވަނީ ހަތް ދުވަސް ޖަހާފަ އެވެ. އޭނާ ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގޭގައި ހުއްޓަ އެވެ. 

 ފުލުހުން މިރޭ ވަނީ ކުއްޖާ ރޭޕް ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގ ވަނަވަރާއި ފޮޓޯ ވެސް އާންމުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގޭގައި ހުއްޓަ އެވެ.

ކުއްޖާ ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕް ކުރި މައްސަލަ ހުށަހެޅުމާއެކު ފުލުހުން ކުރި ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެކުއްޖާ ރޭޕްކޮށްފައި ވަނީ ކުއްޖާ ގްރޫމް ކޮށްގެންކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އަދި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި 2 އަހަރު ނުވާ ކުއްޖަކު ރޭޕް ކުރި މައްސަލައަށް ފަހު ޖިންސީ ގޯނާގެ ވަރަށް ގިނަ މައްސަލަތަކެއް ފެންމަތިވެގެން އައެވެ.

ކޮމިޝަނާ ހަމީދު މިއަދުގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމަށް ޕީޖީގެ އަރިހުގައި އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އެގޮތަށް އެދިފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުންކަމަށް ވިދާޅުވިއެވެ. މިއީ ފަސް އަހަރުގެ ތެރޭގައި މިފަދަ އަމުރަކަށް ފުލުހުން އެދުނު ފުރަތަމަ ފަހަރެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އޭނާގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ނުނެރުނު ސަބަބު ސާފެއް ނޫނެވެ.

މިފަދައިން ހަމީދު އެދިވަޑައިގެންފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުންނެވެ. މި މާއްދާގައި ބުނެފައިވާގޮތުން ކުށުގެ ތުހުމަތު ކުރެވޭ މީހަކާ މެދު، އެ ގާނޫނުން ލިބިދޭ ހާއްސަ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް، ފުލުހުންނަށް ފެނިއްޖެ ހިނދެއްގައި، ގާނޫނުގެ ދަށުން ކުށެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހާގެ ތަހުގީގުގެ މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން، ބަންދުގައި ދެމެހެއްޓުމުގެ އަމުރަކަށް ޕޮލިސް ކޮމިޝަނަރަށް ޕީޖީގައި އެދިވަޑައިގެންނެވޭނެ އެވެ. އެހެން ކަމުން ޕީޖީގެ ފަރާތުން ބައްލަވަން ޖެހޭ ކަންތަކަށްފަހު ވީ އެންމެ އަވަހަކަށް ކޯޓުގައި އެ އަމުރަށް އެދި ހުށަހަޅަންޖެހޭނެ ކަމަށް ގާނޫނުގައި ވެއެވެ.

އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި މީހަކު ހައްޔަރު ކުރިއިރު، އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދައްކައިގެން އާއިލާއަށް ބްލެކްމެއިލްކޮށް ގެސްޓް ހައުސްއަކަށް ގެންގޮސް ރޭޕް ކުރި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގައި އުމުރުން 24 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރުކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: