ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑާކު ވެބްގައި ބީއެމްއެލް އެތައް ހާސް ކަސްޓަމަރެއްގެ މައުލޫމާތު ލީކުކޮށްފި: ބީއެމްއެލް ހަމަ ހިމޭނުން!

ބޭންކް އޮފް މޯލްޑިވްސް - ފޮޓީޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންތަކެއްގެ މައުލޫމާތުތަކެއް ޑާކު ވެބްގައި ލީކުވެފައިވާކަން ސާބިތުވާ ލިންކުތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

މިކަން ސޯޝަލް މީޑިއާގައި އާއްމުވެ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ސުވާލުތައް އުފައްދަމުން ދާއިރު މިހާތަނަށް ބީއެމްއެލްއިން މި މައްސަލައިގައި އެއްވެސް ކޮމެންޓެއް ނުކުރެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ބީއެމްއެލްއަށް ވަނީ މީގެ ދުވަސްތަކެއް ކުރިން ވެސް ކަސްޓަމަރުންގެ މައުލޫމާތުތަކެއް ޑާކު ވެބްގައި ލީކުވެފައިވާކަން އެނގިފައެވެ. އެހެން ނަމަވެސް އެ ކަމުގެ މައުލޫމާތުތައް ހިއްސާ ކުރުމުގެ ބަދަލުގައި ބައެއް ކަސްޓަމަރުންނަށް ގުޅާ ކާޑު ބަދަލު ކުރަން އެދިފައެވެ.

 

https://twitter.com/MvCrisis/status/1271840860364136450

ލީކުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބައެއް އެކައުންޓުތަކުން ވަގަށް ފައިސާ ނަގާފައިވާކަމަށް ވެއެވެ. ބައެއް ކަސްޓަމަރުން ވަނީ މީގެ ދުވަސްތަކެއް ކުރިން އެކައުންޓުން ލާރި މަދުވެފައިވާތީ އެކަން ބީއެމްއެލްއަށް އެންގިކަމަށް ބުނެފައެވެ. އަދި އެކަމާއި ގުޅިގެން ބީއެމްއެލްއިން ކާޑު ކެންސަލް ކުރުމަށް އެންގުމުން ކާޑު ބްލޮކް ކުރިކަމަށް ވެސް ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މި މައުލޫމާތުތައް ފޭސްބުކްގައި ހިއްސާ ކުރި މީހަކު ބުނެފައިވަނީ އޭނާ ހުރީ މާލޭގައި ކަމަށާއި އެހެން ނަމަވެސް އޭނާގެ އެކައުންޓުން 140$ ގެ ޓްރާންސެކްޝަނެއް ހިނގާފައިވަނީ ޓައިވާނުން ކަމަށެވެ.

 

https://twitter.com/MvCrisis/status/1271867675606573056

މީގެ އިތުރުން ބައެއް އާއްމުން ވަނީ، އެ މީހުންގެ ކާޑުގެ މައުލޫމާތުތައް ޑާކު ވެބްގައި ހުރިކަން ފާހަގަކޮށް އެއީ ކިހިނެއް ހިނގާކަމެއްތޯ ސުވާލު އުފައްދާފައެވެ. އަދި މިފަދަ ކަމެއް ހިނގަން މެދުވެރިވީއިރު ބައެއް ކަސްޓަމަރުންނަށް ގުޅާ ކާޑު ބްލޮކްކުރުމަށް ބުނީ ކީއްވެގެންތޯ ވަނީ ސުވާލުކޮށްފައެވެ.

މިކަން ސޯޝަލް މީޑިއާގައި އާއްމުންގެ ސަމާލުކަމަށް ގެނައީ ”އެމްވީ ކްރައިސިސް“ އިންނެވެ. އަދި އެ ޕްލެޓްފޯމުން ހިއްސާކުރި ސްކްރީންޝޮޓުތައް ދައްކާގޮތުގައި 50،000 އަށް ވުރެ ގިނަ ދިވެހިންގެ ކާޑު މައުލޫމާތު ވަނީ ސޭލްސްއަށް ދޫކޮށްލާފައެވެ.

އާއްމުން ދަނީ މި މައްސަލައިގައި ބީއެމްއެލްގެ ބަހެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް މިހާތަނަށް ބީއެމްއެލްއިން އެއްވެސް ވާހަކައެއް ދައްކާފައި ނުވެއެވެ.

ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ނޭނގި ފައިސާ ކެނޑުމަކީ އާއްމު މައްސަލައެކެވެ. އަދި އެކައުންޓުތަކުގެ މައުލޫމާތުތައް ލީކުވުން ހިނގައެވެ. އެގޮތުން މީގެ ދުވަސްތަކެއް ކުރިން ވެސް ކަސްޓަމަރުންގެ ޓްރާންސެކްޝަންތަކެއް ކަމަށް ބުނެ އެއްވެސް އެންގުމެއް ނެތި އެކައުންޓުން އޭގެ އެތައް ދުވަސްތަކެއް ފަހުން ފައިސާ ކަނޑާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: