ސިބްކޯ މޯލްޑިވްސްއިން ޑެޑީ ނޫޑްލްސް ދިވެހިރާއްޖެއަށް ތަޢާރަފުކޮށްފިއެވެ.
ސިބްކޯއިން ހޮނިހިރު ދުވަހު ތަޢާރަފުކޮށްފައިވާ، ޑެޑީ ނޫޑްލްސްއަކީ، މެލޭޝިޔާގެ ސަރަވަކްގެ އުފެއްދުމެއްކަމަށް ސިބްކޯއިން ހާމަކޮށްފައިވެއެވެ. އަދި މި ނޫޑުލްްސްއަކީ، ރަނގަޅު ކޮލިޓީއެއްގެ، ތަފާތު 02 ރަހައެއް އެކުލެވިގެންވާ ނޫޑުލްސްއެއްކަމަށާއި، 365 ކަރީ ފްލޭވަރއާއި ތްރީ އިން ވަން ޗިކަން ފްލޭވަރ ނޫޑުލްސް ލިބޭނެކަމަށް ސިބްކޯއިން ހާމަކުރެއެވެ.
ޑެޑީ 365 ކަރީ އަކީ، ކުޅި ރަހައެއް އެކުލެވޭ ސުޕް ނޫޑްލްސް ނުވަތަ ހިކިކޮށް ވެސް ތައްޔާރުކުރެވޭ ނޫޑްލްސްއެއްްކަމަށާއި، އަދި ތްރީ އިން ވަން ޗިކަން ފްލޭވަރ ނޫޑްލްސްއަކީ، ހުހަށް ވެސް ކާލެވޭނެ ނޫޑްލްސްއެއްކަމަށާއި، ސުޕް އަދި ހިކިކޮށް ވެސް ކައްކާލެވޭ ނޫޑުލްސްއެއްކަމަށް ސިބްކޯގެ މެނޭޖަރ މާރކެޓިން އެންޑް ކޮމިއުނިކޭޝަން ހާނީ ނަޢީމް ވިދާޅުވެފައިވެއެވެ.
ޑެޑީ ނޫޑުލްސް ބައްލަވައިގަންނަވަން ބޭނުންވާ ފަރާތްތަކަށް މިހާރު ހޯލްސޭލްކޮށް ވެސް ލިބޭނެގޮތް ސިބްކޯއިންވަނީ ހަމަޖައްސާފައެވެ. މި ގޮތުން މިހާރު، ސިބްކޯ ބާޒާރުންނާއި، ސިބްކޯ ފުވައްމުލަކުން ހޯލްސޭލްކޮށް ލިބޭނެއެވެ. އަދި ކުޅުދުއްފުށި ސިޓީގެ ސަތޭކަ ފިހާރައިން ވެސް ލިބޭނެއެވެ. މީގެ އިތުރުން ކުރިއަށް އޮތް ހަފުތާގައި އައްޑޫން ވެސް ލިބެން ހުންނާނެކަމަށް ސިބްކޯއިން ހާމަކުރެއެވެ.
ސިބްކޯއިން އަލަށް ތަޢާރަފުކުރި މި ނޫޑުލްސްގެ އިތުރުން، ސިބްކޯއިން ވަނީ މި ފަދަ ތަފާތު ބާވަތްތައް ރާއްޖެ ތަޢާރަފުކޮށް ރައްޔިތުންގެ މަޤުބޫލުކަމާއި އިތުބާރު ހޯދާފައެވެ. މި ގޮތުން، އަލްމުދިޝް ހިކިކިރާއި، އަލްމުދިޝް ޓޮމާޓޯ ޕޭސްޓާއި، ފަލަކު ބާސްމަތީ ހަނޑުލާއި، އަލްބާޑިއާ ކޮކޮނަޓް މިލްކް ޕަވްޑަރ ހިމެނެއެވެ.
މީގެ އިތުރުން، ދުނިޔޭގެ ކަންކޮޅުތަކުގައި މަޝްހޫރު، އަދި ރާއްޖޭގައި މަޤުބޫލު ކުޑަކުދިންގެ ޚާއްސަ ނެޕީއެއްކަމަށްވާ މަމީ ޕޮކޯ ޕޭންޓްސް ނެޕީ ފާހަގަކޮށްލެވެއެވެ. ސިބްކޯއިން ހާމަކުރިގޮތުގައި މި ނެޕީގެ ހުރިހައި ސައިޒެއްވެސް ލިބެން ހުންނާނެއެވެ. އަދި ޓެޓްލީ ޓީ އާއި ވޮންޑާ ޕްރީމިއަމް ކޮފީ ފަދަ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓިބިއުޓަރސްއަކީ ވެސް ސިބްކޯއެވެ.

