ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެމްކޯއިން ފޯރުކޮށްދެމުން އަންނަ ކުނި ނެގުމުގެ އިންތިޒާމުތަކަށް ބަދަލުގެނެސްފި

ފޮޓޯ:ވެމްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެމްކޯއިން ފޯރުކޮށްދެމުން އަންނަ ކުނި ނެގުމުގެ އިންތިޒާމުތަކަށް ބަދަލުގެނެސްފިއެވެ.

ފާއިތުވެދިޔަ ހަފުތާތަކުގައި ވެސް ވެމްކޯއިންވަނީ ކުނިނެގުމަށްޓަކައި، ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައެވެ. ނަމަވެސް ފުރަބަންދަށް ލުއިތަކެއް ދިނުމާއި ގުޅިގެން، ޚިދުމަތްތައް ދިނުމުގެ އާ އުސޫލުތަކެއް ކަނޑައަޅާފައިވާކަމަށް ވެމްކޯއިން ބުނެއެވެ.

މި ގޮތުން މި ކަން ބަޔާންކޮށް ވެމްކޯއިން މީގެ ކުޑައިރުކޮޅެއް ކުރިން ނެރުނު ބަޔާނުގައިވާގޮތުން، މާދަމާއިން ފެށިގެން، އޯގަސްޓުގެ ނިޔަލަށް މާލެ ސަރަހައްދުގައި ހިމެނޭ ގޭބީސީތަކުގެ ދުވަހު ކުނި ކުރިން ޢާންމުކުރި އުސޫލުގެދަށުން ނަގަމުންދާނެއެވެ.

މީގެ އިތުރުން ވެމްކޯއިން ބުނީ، ޚިދުމަތް ފޯރުކޮށްދޭނީ ޢިމާރާތުގެ ތިރިންކަމަށާއި، ކުރިއެކޭ އެއްގޮތަށް ކޮންމެ ދުވަހަކުވެސް މެންދުރު 12:00 އިން ފެށިގެން، 14:00 އާއި ހަމައަށް ކުނިނެގުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ.

ވެމްކޯއިން ވަނީ، އެ ކުންފުނީގެ މުވައްޒަފުންނަށް ޢިމާރާތަށް ވަދެވޭނެ ގޮތެއް ދުރާލައި ހަމަޖެއްސުމަށް ވެސް އެދިފައެވެ. އަދި ވެމްކޯއިން ބުނީ، ކުނި ނެގުމަށްޓަކައި، އެ ކުންފުނީގެ މުވައްޒަފުން ވަކިވަކި ފަންގިފިލާތަކަށް ނުވަންނާނެކަމަށެވެ.

ވެމްކޯއިން ބުނިގޮތުގައި، ގޭބީސީތަކުން ކުނިނެގުމުގައި ހަރަކާތްތެރިވާނީ، ކުރިއެކޭވެސް އެއްގޮތަށް، އެޗްޕީއޭގެ އިރުޝާދުގެ ދަށުން، ޚާއްސަ ޓާސްކް ފޯހަކުންކަމަށް އެ ކުންފުނިން ބުނެއެވެ.

ފުރަބަންދުގެ ހާލަތަށް ސަރުކާރުން ލުއިތަކެއްދީފައިވީ ނަމަވެސް، ރައްކާތެރިކަމަށްޓަކައި، ވެމްކޯއިން ޢާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަނޑަށާއި، ކަނޑައެޅިފައިވާ ވަގުތުގައި ކުނި ނެރުމަށް ވެމްކޯއިން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: