ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު އިސްލާހެއް: ހޯމް ކަރަންޓީނުގެ 24 ދުވަސް 14 ދުވަހަށް، ބައްޔަށް ޓެސްޓު ކުރާނެ!

ހޯމް ކަރަންޓީނު އުސޫލަށް އަނެއްކާވެސް އިތުރު އިސްލާހެއް ގެނައުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއިން ރަށަށް ދާ މީހުންގެ ހޯމް ކަރަންޓީން އުސޫލު އަނެއްކާވެސް އިސްލާހުކޮށް ކަރަންޓީނުގެ މުއްދަތު 14 ދުވަހަށް ބަދަލުކޮށް ބައްޔަށް ޓެސްޓު ކުރާ ގޮތަށް ބަދަލުކޮށްފިއެވެ.

ކޮވިޑް-19 ގެ ކޭސްއެއް ވެރިރަށް މާލެއިން ފެނުމާއި ގުޅިގެން ލޮކްޑައުން ކުރީ އޭޕްރިލް 14 ގައެވެ. އެއަށްފަހު މާލޭގައި ގިނަ ބަޔަކު ތަށިވެފައި ތިބެން ޖެހުނެވެ. އުސޫލުތަކެއްގެ ދަށުން އެކި މީހުން ރަށަށް ދިއުމުގެ ހުއްދަތައް ދޫކޮށްފައިވެއެވެ. އޭރު އެ އެންމެން ވެސް ކަރަންޓީނު ކުރީ ފެސިލިޓީތަކުގައެވެ. އެހެން ނަމަވެސް މާލޭގައި ތާށިވި މީހުން އެނބުރި ރަށްރަށަށް ގޮސް ގޭގައި ކަރަންޓީން ކުރުމުގައި އަމަލުކުރަން ޖެހޭނެ ކަންކަން ހިމަނައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ފުރަތަމަ އުސޫލެއް މި މަހުގެ 06 ގައި އާއްމު ކުރިއެވެ. އެޗްޕީއޭއިން މިދިޔަ ހޮނިހިރު ދުވަހު އާއްމު ކުރި އުސޫލުގައި ބުނެފައިވާ ގޮތުގައި ދިރިއުޅޭ ރަށަށް މާލެއިން ދިއުމަށްފަހު އެ މީހަކު 24 ދުވަހުގެ މުއްދަތަކަށް ހޯމް ކަރަންޓީނު ވާން ޖެހޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އޭނާއަށް ބޭރަށް ނިކުތުން މަނާވާއިރު، އިތުރު ބަޔަކު އެ ގެޔަކަށް ދިއުމާއި އެންމެން އެކީ އުޅުން ވެސް މަނާކަމަށް ބުނެފައި ވެއެވެ. އަދި މިކަންކަން ރަނގަޅަށް ބަލާ މޮނީޓާރ ކުރުމުގެ ޒިންމާ ހަވާލުކޮށްފައި އޮތީ ރަށުގެ ޓާސްކް ފޯސްއާއިއެވެ.

އެންއީއޯސީގެ ފަރާތުން ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ގޭގައި ކަރަންޓީނު ކުރުމަށް ކުރިން ކަނޑައަޅާފައިވާ އުސޫލަށް އިތުރު އިސްލާހެއް ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު މާލެއިން ރަށަށް ދާ މީހާ 24 ދުވަހުގެ ބަދަލުގައި ކަރަންޓީނު ވާން ޖެހޭ މުއްދަތު 14 ދުވަހަށް ބަދަލުކޮށްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އުސޫލު އިސްލާހުކޮށް، ދެން އަމަލު ކުރާނީ ކަރަންޓީނު މުއްދަތު ހަމަވުމުން ޕީސީއާރު ޓެސްޓެއް ހަދާ ގޮތަށެވެ. އެ މީހަކު ބައްޔަށް ޓެސްޓު ކުރުމަށްފަހު ދޫކޮށްލާނީ ބައްޔަށް ނެގެޓިވްވުމުންނެވެ.

މަބްރޫކް ވިދާޅުވީ ކޮންމެ މީހެއްގެ ވެސް ސާމްޕަލް ނަގާނީ 15 އަށް ވާ ދުވަހު ކަމަށެވެ. މިއީ ރާއްޖޭގެ އެކި ރަށްތަކުން ނަގަންޖެހޭ ސާމްޕަލްތަކަކަށް ވުމާއި އެކު، ޓެސްޓުތަކުގެ ނަތީޖާ ލިބެން ތިން ދުވަސް ނަގާފާނެކަމަށް މަބްރޫކް ވަނީ ލާފަކޮށްފައެވެ. އަދި ފުރިހަމަ ކުރަންޖެހޭ ކަންތަކާއި، ޓެސްޓު ކުރެވޭ ތަނަކާއި ހަމައަށް ސާމްޕަލް ގެންދެވޭނެ ވަގުތަކާއި ބަލާ 18 ވަނަ ދުވަހު ޓެސްޓުތަކުގެ ނަތީޖާ ލިބޭވަރުވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީނު ކުރަމުން އައީ ފެސިލިޓީތަކުގައެވެ. އަދި ރަށްތަކަށް ދާ މީހުން ވެސް ކަރަންޓީން ކުރަނީ ފެސިލިޓީތަކުގައެވެ. އަދި 14 ދުވަސް ފުރިހަމަވުމުން އެ މީހަކު ދޫކޮށްލަނީ ކޮވިޑަށް ޓެސްޓު ކުރުމަށްފަހު ބައްޔަށް ޑަބަލް ނެގެޓިވް ވުމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: