ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 އާއި ގުޅިގެން ކުރަމުން އަންނަ ނުރަނގަޅު އަސަރުތަކުން ސަލާމަތްވުން އޮތީ ސަބަބުތަކުގައި ހިފައިގެން: ޚުޠުބާ

އިސްލާމީ މަރުކަޒު. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިގެ ސަބަބުން، އިންސާނުންގެ ނަފްސާނީއާއި ޖިސްމާނީ، އިޖުތިމާޢީއާއި އިޤުތިޞާދީ ދުޅަހެޔޮކަމަށް ކުރަމުން އަންނަ ނުރަނގަޅު އަސަރުތަކުން ސަލާމަތްވުން އޮތީ، ސަބަބުތަކުގައި ހިފައި، ﷲ ގެ ރަޙްމަތްފުޅުންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ޚުތުބާގައި ވިދާޅުވިގޮތުގައި، މާޒީވެ ދިޔަ ތާރީޚުގައި، އަޅުގަނޑުމެންނަށްވުރެ މާ މަތިވެރި އިންސާނުންކަމުގައިވި ނަބިއްޔުންނާއި، ރަސޫލުންނަށް ވެސް، މިފަދަ އެތައް ހިތްދަތި ހާދިސާތަކެއް ކުރިމަތިވެވަޑައިގެންފައިވާކަމަށެވެ. މި ގޮތުން ބިރުވެރި މާހައުލުގައި އެ ބޭކަލުންނަށް އުޅުއްވަން ޖެހިވަޑައިގަތްކަމަށާއި، ނަމަވެސް އެ ބޭކަލުން، މި ކާއިނާތުގެވެރި ރައްބުގެ ހަޟްރަތުން ރަޙްމަތާއި އޯގާވަންތަކަމުން އުންމީދުން މާޔޫސްވެވަޑައިގެންނެވުމެއްނެތި ދުޢާ ދެންނެވުމުގައި ސާބިތުވެ ތިއްބެވިކަމަށެވެ.

މި ގޮތުން ޚުޠުބާގައިވަނީ މާޒީގެ އަގުހުރި ފިލާވަޅެއްގެ މަތިން ހަނދާންކޮށްދެއްވާފައެވެ. ޚުޠުބާގައި ވިދާޅުވީ، މުޙައްމަދު ރަސޫލާ(ސޢވ) އަށް ރަސޫލުކަން ލިބިވަޑައިގެންނެވިތާ 07 ވަނަ އަހަރުގައި، މައްކާގެ ޤުރައިޝުން އެކަލޭގެފާނަށް ދަތިކޮށް އުނދަގޫކުރުމުގެ ގޮޮތުން، އެކަލޭގެފާނުގެ ޤަބީލާގެ އެންމެންނާއެކު، ޝިޢުބު އަބީ ޠާލިބުގައި 03 އަހަރު ބަންދުކޮށްފައި ބޭތިއްބިކަމަށެވެ. އަދި މި މުއްދަތުގެތެރޭގައި، މުސްލިމުންނާއި އެއްވެސް މުޢާމަލާތެއްކުރުން މަނާކޮށްފައިވާތީ، ކާބޯތަކެއްޗާއި، އެ ނޫންވެސް ޒަރޫރީ ބޭނުންތައް ފުއްދުމަށް މުސްލިމުންނަށް ދަތިވިކަމަށެވެ. ނަމަވެސް މުސްލިމުން ﷲ ގެ ހަޟުރަތާމެދު މާޔޫސްނުވާކަމަށް ވެސް ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

ޚުތުބާގައި ބުނީ، ޖިސްމާނީ ސިއްހަތަށް ދުުޅަހެޔޮކަން ލިބުން ބިނާވެފައިވަނީ، ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށްކަމަށެވެ. މި ގޮތުން ހިތްދަތިކަމާއި ހާސްކަމުން މިންޖުވުމަށްޓަކައި، ނަފުސަށް އަޅައިލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ފުރަބަންދުގެ ސަބަބުން އެއްތަނެއްގައި، ބަންދުވެގެން ތިބެންޖެހުނަސް، އަޅުކަންތައްތަކާއި، ކަސްރަރުކުރުމާއި، ފައިދާހުރި ކާނާ ކެއުމާއި، ސާފުތާހިރުކަމަށް ސަމާލުކަންދިނުމަކީ، ނަފުސާނީ ދުޅަހެޔޮކަން ލިބިގެންދާނޭ ކަންކަން ކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ. މި ގޮތުން ޚުޠުބާއިންވަނީ، ދުވަހުގެ ތާވަލު ރާވާލާއިރު، ހެޔޮގޮތުގައި ވަގުތުގެ ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: