ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޕީއޭގެ ހުއްދަ ލިބުނުހައި އަވަހަކަށް ދަތުރުވެރިންގެ މާރުކޭޓު ހުޅުވާލެވޭނެ: މާލޭ ސިޓީ ކައުންސިލް

ލޯކަލް މާރުކޭޓު ހުޅުވާލުމުގެ ތައްޔާރީތައް ވެސް ފަށައިފި. ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަތުރުވެރިންގެ މާރުކޭޓްވަނީ ހުޅުވާލަން ތައްޔާރުވެފައިކަމަށާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހުއްދަދިންހައި އަވަހަކަށް، އެ މާރުކޭޓު ހުޅުވާލާނެކަމަށް މާލޭސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓި ކައުންސިލުން ”ސަންގު ޓިވ“ީ އަށް، މިއަދު ދިން އިންޓަވިއުއެއްގައި ބުނީ، ދަތުރުވެރިންގެ މާރުކޭޓު ހުޅުވާލުމުގެ އެންމެހައި ތައްޔާރީތައް މިހާރުވަނީ ނިމިފައިކަމަށާއި، އެޗްޕީއޭއިން ހުއްދަދިންހައި އަވަހަކަށް އެ މާރުކޭޓު ހުޅުވާލާނެކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ، ދަތުރުވެރިންގެ މާރުކޭޓު ހުޅުވާލުމަށް ތައްޔާރުވެފައިވީ ނަމަވެސް، ލޯކަލް މާރުކޭޓުގައި ބައެއް މަސައްކަތްތައް ހުރުމާއެކު، އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އެ ތަން ސާފުކުރުމުގެ މަސައްކަތްތަކާއި، ސޯޝަލް ޑިސްޓެންސިން ބެހެއްޓުމަށްޓަކައި، ނިޝާންތައް ކުރެހުމުގެ މަސައްކަތްތަކުގެ އިތުރުން އިތުރު މަސައްކަތްތަކެއް ހުރުމާއެކު އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށެވެ. މި ގޮތުން މި މަސައްކަތްތައް ނިމުމާއެކު އަންނަ ޖުލައި މަހުގެތެރޭގައި ހުޅުވާލެވޭނެކަމަށް އުންމީދުކުރާކަމަށް ވެސް ސިޓީ ކައުންސިލުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.

https://twitter.com/MaleCitymv/status/1273610654558023680?s=20

ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓު ހުޅުވާލުމުގެ މަސައްކަތްކުރަމުން އަންނައިރު، ސިޓީ ކައުންސިލުން މިހާރުވަނީ، ޓެކްއަވޭއާއި، ޑެލިވަރީގެ ޚިދުމަތްލިބޭނެހެން މަސް މާރުކޭޓު ހުޅުވާލާފައެވެ. މީގެ އިތުރުން، ސިޓި ކައުންސިލުން އަންނަނީ ޕާކްތަކާއި މައިޒާންތައް ހުޅުވާލުމުގެ ތައްޔާރީތައް ވެސް ވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: