ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެހިކަލްތައް ނެގުމަށް އެންގީ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމަށް: މޭޔަރ ޝިފާ

އިންޑަސްޓްރިއަލް ވިލެޖުގެ ސަރަހައްދަކަށް އެއްކޮށްފައިވާ ކުނިފުންޏެއް/ ފޮޓޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑަސްޓްރިއަލް ވިލެޖުގައި ހުރި ވެހިކަލްތައް ނެގުމަށް އެންގީ އެތަކެއްޗަށް ވެދާނެ ގެއްލުމަކުން ސަލާމަތްކުރުމަށްކަމަށް މޭޔަރ ޝިފާ ވިދާޅުވެއްޖެއެވެ.

”ސަންގު“އަށް ދެެއްވި ޚާއްސަ އިންޓަވިއުއެއްގައި މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖަށް އަޅާފައިވާ ކުނި ނެގުމާއި އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެތަން ސާފުކުރުމަށްޓަކައި އެތަނުގައި ހުރި ވެހިަކލްތައް މިޖޫންމަހުގެ 24 ވަނަ ދުވަހުގެ ކުރިން ނެގުމަށް އަންގާފައިވާ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި އެތަކެތި ނުނަންގަވައިފިނަމަ މިކައުންސިލްގެ ފަރާތުން ފުލުހުން މެދުވެރިކޮށް ނެގުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ އެސަރަހައްދަށް ގިނަ ބަޔަކު ކުނި އަޅަމުންދާ ކަމަށެވެ. އަދި އެއީ ވެމްކޯގައި ރަޖިސްޓްރީނުކޮށް ކުނި އުކަމުންދާ ބައެއް ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ޝިފާ ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖު ސިޓީ ކައުންސިލާއި ހަވާލުކުރުމާއެކު އެންމެ ފުރަތަމަވެސް ދިރާސާތަކެއް ހެދި ކަމަށާއި ވަރަށް ގިނަ ކަންކަން ދިރާސާއިން ފާހަގަވެގެންދިޔަ ކަމަށެވެ.

އެގޮތުން އިންޑަސްޓްރިއަލް ވިލެޖުން ސަރުކާރު އަދި ޕްރައިވެޓް ކުންފުނިތަކަށްވެސް ބޮޑެތި ބިންތައް ދޫކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، ކަނޑައެޅިފައިވާ މުއްދަތުގައި އެތަނަކަށް ދީފައިވާ ބިންކޮޅު ވަކިވާނެގޮތަށް ޖަހަންޖެހޭ ފެންސުތައް ޖަހާފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

”ބިން ދޫކުރާތާ ވަކި މުއްދަތެއްގެ ތެރޭގައި އިން ވަކިކުރަންޖެހޭ. މިހާލަތުގައި ކޮންމެހެން ވަށާފަރު ނުރޭނިޔަސް އެންމެ ރަނގަޅު. އެކަމަކު ބިންކޮޅު ވަކިވާނެހެން ނުވަތަ ކޮން ބައެއްގެ ތަނެއް އިނގޭނެ ފަދަ ގޮތަކަށް ފެންސެއް ނަމަވެސް ޖަހާލުން ރަނގަޅު“

އިންޑަސްޓްރިއަލް ވިލެޖު ތަރައްގީކޮށް ނިންމާފައިވާއިރު، އެއްވެސް ކަހަލަ އިންތިޒާމެއް ނެތްކަން ޝިފާ ފާހަގަކުރެއްވިއެވެ. އެގޮތުން މިހާތަނަށް އައިއިރު މަގުބައްތިވެސް ހުރީ ނުޖަހާ ކަމަށާއި މަގުތަކަށް ނަންވެސް ކިޔާފައިނުވާކަމަށް ވިދާޅުވިއެވެ. އަދި ގާތްގަނޑަކަށް 446 ވެހިކަލް އެސަރަހައްދުގައި ޕާކުކޮށްފައިވާކަމަށާއި އޭގެ ތެރޭގައި ވަރަށް އާ ވެހިކަލްވެސް އެބަހުރިކަމަށް ވިދާޅުވިއެވެ. އަދި އެއިން ކޮންމެ އެއްޗެއްވެސް ގެންނާނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދަ ލިބިގެންކަން ފާހަގަކުރައްވައި ޝިފާ ވަނީ އެވެހިކަލްތައް ޕާކު ކުރާނެ ތަނެއްވެސް ހުންނަންވާނެކަމަށް ވިދާޅުވެފައެވެ.

2017 ވަނަ އަހަރު އިންޑަސްޓްރިއަލް ވިލެޖު ތަރައްގީކޮށް ނިންމާފައިވާއިރު، އެސަރަހައްދުގައި ގިނަ މައްސަލަތަކެއް ހުރިކަން އަދިވެސް ގިނަ ބަޔަކު ފާހަގަކުރެއެވެ. އެގޮތުން މިހާ ދުވަސްވީއިރު، އެސަރަހައްދުގެ ބިންތައް އެދެވޭ ގޮތެއްގައި ބޭނުންކޮށްފައި ނުވުމާއި، އެސަރަހައްދުގައި ލައިޓްތައް ހަރުކޮށްފައިނުވުމުމަކީ ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: