މާލޭގެ ގެސްޓް ހައުސްއެއްގައި ގްރޫމްކޮށްގެން، 11 އަހަރުގެ އަންހެން ކުއްޖެއް ރޭޕް ކުރި މައްސަލައިގައި ހައްޔަރު މީހާގެ ޝަރީއަތް ނިމެންދެން ކަރިމިނަލް ކޯޓުން ނިންމައިފިއެވެ.
ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީ އެވެ. އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން އެންމެ ފުރަތަމަ ޖެހީ ހަތް ދުވަހެވެ. އޭނާ ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގޭގައި ހުއްޓަ އެވެ.
މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން އޭނާގެ މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމަރުކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން، ކުށުގެ ތުހުމަތު ކުރެވޭ މީހާގެ ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް ކޯޓަށް ހުށަހަޅައިދިނުމަށް އެދީ ފޮލިސް ކޮމިޝަނަރު، ޕްރޮސެކިއުޓާރ ޖެނެރަލްގެ ފަރާތުން އެދިފައިވާތީއެވެ.

