ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދާއި އެމްޕީ ޢާޒިމް ނިއުނޯމަލްގެ ގަވާއިދާއި ޚިލާފުވެވަޑައިގެންފި

ފޮޓޯ: ޝިއުނާ/ ޓްވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ނިއުނޯމަލްގައި ޢާއިލާތަކާއި ރައްޓެހިންނަށް ޒިޔާރަތް ނުކުރެވޭނެކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އިޢުލާނު ނުކުރެއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެކަން އިޢުލާނުކޮށްދެއްވާފައިކަމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވެފައި މިވަނީ ރައީސް ނަޝީދުއާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ޢަލީ އާޒިމާއި ދެ ބޭފުޅުން ގ.ކަޅަންގާރިމާގެ(ހިންމަފުށީ ގޯތި) އަށް ޒިޔާރަތްކުރައްވައި ދިވެހިކެއުމަކަށް އިންސާފުކުރައްވަން ތިއްބެވި މަންޒަރު ފެންނަ ފޮޓޯއެއް ޓްވިޓަރގައި ޢާންމުވުމާއި ގުޅިގެންނެވެ.

މި ގޮތުން ޖާބިރު ވިދާޅުވީ ފޮޓޯއިން ފެނިގެންދަނީ އުފާވެރި މަންޒަރެއްކަމަށާއި ނިއުނޯމަލްގައި ޢާއިލާތަކާއި ރައްޓެހިންނަށް ޒިޔާރަތް ނުކުރެވޭނެކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އިޢުލާނު ނުކުރެއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މި އޮތީ އެކަން އިޢުލާނުކޮށްދެއްވާފައިކަމަށެވެ.

މީގެ އިތުރުން ޖާބިރުވަނީ މިފަދަ މަންޒަރުތައް ހުރިހައި ވެރިންގެ ކިބައިން ވެސް ފެންނާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

https://twitter.com/drpmaldives/status/1276939335921623040?s=19

ކޮވިޑް-19 އާއި ގުޅިގެން ފުރަބަންދުކޮށްފައި އޮތުމަށްފަހު ލުއިތަކެއް ދިންނަމަވެސް ފުރަބަންދު އުވާލީނޫންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީންވަނީ ބުނެފައެވެ. މި ގޮތުން މި ލުއިތަކުގެ ދަށުން ވެސް ގޭގެއަށާއި ބަލިމީހުންނަށާއި ރައްޓެހި ރަޙްމަތްތެރިންނަށް ޒިޔާރަތްނުކުރެވޭނެކަމަށް އެޗްޕީއޭއިންވަނީ އަންގާފައެވެ. އަދި ނިކުމެވޭނީ ވަކި ގަޑިތަކެއްގައިކަމަށާއި ގިނަ މީހުން އެއްތަނަކަށް ޖަމާވެ ނޫޅުމަށާއި މާސްކުއެޅުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލުކުރަން ވެސް އެޗްޕީއޭއިން އަންގާފައިވެއެވެ.

ނަމަވެސް ރައީސް ނަޝީދާއި އެމްޑީޕީގެ މެންބަރުން މީގެ ކުރިން ވެސްވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހުޅުއްވަވައިގެން ޖަލްސާތައް ކުރިއަށް ގެންދަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: