ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރީ ޓޮޕް ހޮސްޕިޓަލް: އަންނަ މަހުން ފެށިގެން އާންމުންނަށް ހުޅުވާލަނީ

ޓްރީ ޓޮޕް ހޮސްޕިޓަލް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރީ ޓޮޕް ހޮސްޕިޓަލް 01 ޖުލައިއިން ފެށިގެން އާންމު ޙާލަތަށް ބަދަލުކޮށް ކުރިޔެކޭ އެއްފަދައިން ހޮސްޕިޓަލުގެ ހުރިހާ ހިދުމަތެއް ލިބޭގޮތަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ. 

ޓްރީ ޓޮޕް ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި  ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވާއިރު ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކާއި އަދި މުވައްޒަފަންގެ ރައްކާތެރިކަން ޔަގީންކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އެޅިގެންދާނެއެވެ. 

އެގޮތުން ހޮސްޕިޓަލް ހުޅުވާއިރު އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ ޓްރީ ޓޮޕް ހޮސްޕިޓަލުން ރައްކާތެރިކަމަށްޓަކައި ޑީކޮންޓެމިނޭޝަން އަދި ޕްރިވެންޓޭޓިވް ކްލީނިންގ މަސައްކަތްތައް ކުރިއަށްގެންދެވޭނެއެވެ. ހަމައެހެންމެ ހޮސްޕިޓަލަށް ވަނުމުގެ ކުރިން ސްކްރީން ކުރެވި، ޓެންޕަރޭޗަރ ބަލައި، ދަތުރުކޮށްފައިވޭތޯ ބަލައި އަދި އިތުރު މައުލޫމާތު ސަފުކުރެވޭނެއެވެ.

މީގެއިތުރުން ހޮސްޕިޓަލުން ހިދުމަތް ހޯދާ ހުރިހައި ފަރާތްތަކުގެ ސަލާމަތައްޓަކައި ހޮސްޕިޓަލުން ފޯރުކޮށްދޭ ސަރޖިކަލް މާސްކް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި ހޮސްޕިޓަލް ހުއްޓުމެއްނެތި ޑިސްއިންފެކްޓްކޮށް ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. 

މީގެއިތުރުން އައުޓް-ޕޭޝަންޓް ކޮންސަލްޓޭޝަންތަކަށް އަންނަ މީޙުންގެ ތެރެއިން ކޮވިޑް-19ގެ އަލާމާތްތައް (ހުން އައުން، ރޯގާ، ނުވާލާން އުދަގޫވުން) ހުންނަ ބޭފުޅުން ފްލޫ ކްލިނިކަށް ގެންގޮސްދެވޭނެ ކަމަށް ޓްރީ ޓޮޕްގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

ޓްރީ ޓޮޕް ހޮސްޕިޓަލުން އާންމުންނަށް ދެމުން ގެންދިޔަ ހިދުމަތްތައް މެދުކަނޑާލާފައި ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވާ މީޙުންގެ ތެރެއިން ހާއްސަ ފަރުވާ ދޭން ޖެހޭ މީހުންނަށް ފަރުވާ ދިނުމަށްޓަކައި އެ ހޮސްޕިޓަލް ހަމަޖެއްސުމާއި ގުޅިގެންނެވެ. އެގޮތުން ސަރުކާރާއި ޓްރީ ޓޮޕް ހޮސްޕިޓަލާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އެ ހޮސްޕިޓަލް ސަރުކާރަށް ދޫޚުރީ ތިން މަސް ދުވަހުގެ މުއްދަތަށެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: