ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭޕްކުރާ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދިނުމަށް އިދިކޮޅުން ގޮވާލައިފި

ރޭޕް ކުރާ މީހުންނަށް ހަރުކަށި އަދަބް ދިނުމަށް ގަވާލާ ބޭއްވި މުޒާހަރާގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކު ދެ ފިރިހެނަކުވެގެން ރޭޕް ކުރިކުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެ އަމަލު ހިންގި މީހުންނަށް އެންމެ ހަރުކަށި އަދަބް ދިނުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯޅިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ކުށުގެ ވެށިން މިދެމީހުން ހައްޔަރުކޮށް، ތަޙުޤީޤުގެ މުއްދަތަށް އެމީހުން ހައްޔަރުކޮށް، ބަންދުކުރުމަށް އެކަށީގެންވާ ސަބަބެއް ނެތްކަމަށްބުނެ ފުލުހުންގެ އިދާރާއިން އެދެމީހުން ދޫކޮށްލުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއްނޫނެވެ.

ރޭޕް ކުރުންފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކަކީ އެންމެ ނުބައި މުޖުރިމުން ކަމަށާއި އަދި ޤާނޫނުލް ޢުޤޫބާތުގައި އެފަދަ ފަރާތްތަކަށް ދިނުމަށް ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު އެފަރާތްތަކަށް ދޭންޖެހޭނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން  މިކަމުގައި ވަކި ޢާއިލާއަކަށް ނުވަތަ މަޤާމަކަށް ނުވަތަ ވަކި ފަރާތަކަށް ބެލުމެއްނެތި، ޤާނޫނު ތަންފީޒު ކުރެވެންޖެހޭނެކަން ފާހަގަކޮށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނީ މިފަދަ ލާއިންސާނީ، އަނިޔާވެރި ޢަމަލު ހިންގާ މީހުންނަކީ އެއްގޮތަކަށްވެސް މުޖްތަމަޢުގެ ތެރެއަށް ދޫކުރެވިފައި ތިބެގެންވާނެ ބައެއް ނޫން ކަމަށެވެ..

ފަހަކަށް އައިސް ރާއްޖޭގައި ރޭޕްގެ ޝިކާރައަކަށްވާ މީހުންގެ ޢަދަދު އިތުރުވަމުންދާ ދިއުމަކީ ކޮންބޮޑުވާ ކަމެއް ކަމަށާއި އަދި މިފަދަ ކަންކަން ހުއްޓުވޭނީ ކަމާބެހޭ ހުރިހާ ފަރާތްތަކުން، އެގޮތުން ސަރުކާރާއި ތަޙުޤީޤީ އިދާރާތަކާއި ޝަރުޢީ ދާއިރާއާއި ޙައްޤުތައް ހިމާޔަތްކުރާ މުއައްސަސާތަކުންވެސް ފުރިހަމަ ޒިއްމާ އަދާކޮށްގެން ކަމަށް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. 

މީގެއިތުރުން  ރާއްޖެއައިސް އުޅޭ ފަތުރުވެރިންނަށް މިފަދަ ލާއިންސާނީ ޢަމަލު ހިންގުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް އޭގެ ގެއްލުން ކުރިމަތިވާނެ ކަމެއް ކަމަށާއި ރޭޕްގެ ސަބަބުން ލިބޭ ޖިސްމާނީ، ނަފްސާނީ ގެއްލުމަކީ އެތައް އަހަރަކަށް ދެމިގެންދާ ގެއްލުންތަކެއްކަން އިދިކޮޅުގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: