ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީޔޫއިން ދަތުރުކުރަން ހުއްދަ ދިން ގައުމުތަކުގައި ރާއްޖެ ނެތަސް، އެއީ ބްލެކްލިސްޓްވުމެއް ނޫން: އީޔޫ

ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫރޮޕިއަން ޔޫނިއަންގެ ގައުމުތަކުން ދަތުރުކުރުމަށް ހުއްދަ ދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައި ނެތަސް ރާއްޖެއިން ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތްތަކަކީ ފާހަގަކުރެވޭފަދަ ރަނގަޅު މަސައްކަތްތަކެއް ކަމަށް އެޔޫނިއަނުން ބުނެފިއެވެ.

ކޮވިޑް-19އާއި ގުޅިގެން ޔޫރޮޕިއަން ޔޫނިއަނުންވެސް އަންނަނީ ގައުމުތަކަށް ދަތުރުތައެް ކުރުމުގައި ގެންގުޅޭނެ ވަކި އުސޫލުތަކެއް ކަނޑައެޅުމަށް ތައްޔާރުވަމުންނެވެ. އެގޮތުން މިހާތަނަށް އެކުލަވާލާފައިވާ ރައްކާތެރި ގައުމުތައް ކަމަށް ކަނޑައަޅާފައިވާ ގައުމުތަކުގެ ޑްރާފްޓް ލިސްޓުގައި މިހާތަަނަށް ރާއްޖެ ހިމަނާފައެއް ނުވެއެވެ. އެ މުތަކުގެ ތެރޭގައި ނިއުޒިލަންޑް، ، ސަރބިޔާ، ސައުތު ކޮރެޔާ، ތައިލަންޑް، ޖަޕާން، މޮރޮކޯ، އަލްޖީރިޔާ، ޓުނީޝިޔާ، ކެނެޑާ އަދި އޮސްޓްރޭލިޔާގެ އިތުރަށް ބައެއް އެހެން ގައުމުތައްވެސް ހިމެނިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އީޔޫ އިން އާންމުކޮށްފައިވާ ބަޔާނުގައި ވަނީ އީޔޫގެ ގައުމުތަކުން އީޔޫއިން ބޭރަށް ދަތުރުތައް ކުރުމަށް ހުއްދަ ދޫކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ސްރީލަންކާގައި ހުންނަ ސްޓޭޓް އެމްބަސީއިން ރާއްޖޭގައި ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތް ބަލަމުން އަންނަ ކަމަށާއި އެމަސައްކަތް ބަލައިގަންނަކަަމަށެވެ.

އަދި މިކަމަކީ އީޔޫގެ 27 ގައުމާއި ޝެންގެން އެސޯސިއޭޓެޑް ގައުމުތައް ގުޅިގެން ނިންމާ ނިންމުމެއްކަން ފާހަގަކޮށްފައިވެއެވެ. އަދި އެލިސްޓުގައި 15 ގައުމެއް ހިމަނާފައިވާ ކަމަށާއި އެލިސްޓުގައި ގައުމެއް ނެތުމަކީ ބްލެކްލިސްޓަށް އެގައުމު ދިޔުން ނޫންކަން ފާހަގަކޮށްފައިވެއެވެ. އަދި މިލިސްޓަކީ ހާލަތު ބަދަލުވާ މިންވަރަށް ބަލައި އަޕްޑޭޓް ކުރަމުންދާނެ ލިސްޓެއްކަން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖެއިންވެސް އަންނަނީ ދުވަސްތަކަކަށް ފަހު ބޯޑަރުތައް ހުޅުވާލަން ތައްޔާރުވަމުންނެވެ. އެގޮތުން އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު ބޯޑަރުތަކާއި ބައެއް ރިޒޯޓުތައް ހުޅުވާލަން ނިންމާފައިވާއިރު، އޮގަސްޓް މަހުގެ ތެރޭ ގެސްޓް ހައުސްތައް ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: