ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންއީއޯސީގެ މަސައްކަތްތައް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

ހޯމަދުވަހު ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގެތެރެއިން. ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ) އިން ކުރަމުންއައި މަސައްކަތްތައް، މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުކޮށްފިއެވެ.

ހޯމަދުވަހު ހަވީރު ދަރުބާރުގެއަށް ޒިޔާރަތްކުރައްވާ، އެން.އީ.އޯ.ސީ ގައި މަސައްކަތްކުރައްވާ ފަރާތްތަކާއި މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އަންނަ ބުދަ ދުވަހުން ފެށިގެން ކޮވިޑް-19 އާއްި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތައް އާ މަރުހަލާއަކަށް ބަދަލުކުރަން ނިންމަވައިވާކަމަށެވެ. މި ގޮތުން، އެން.އީ.އޯ.ސީން ކުރަމުންއައި މަސައްކަތްތައް، މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުކުރަން ނިންމަވާފައިވާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އައު މަރުހަލާއަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ، މި ބަދަލަކީ އާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ކުރާ މަސައްކަތުގެ ބައެއްކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް މިކަން ކުރިއަށް ގެންދިޔުމަށްޓަކައި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ވެސް ބޭނުންވާނެ ކަމަށެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ރަނގަޅުކަން ފާހަގަކުރައްވައި، އެ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ސަރުކާރުގެ ނަމުގައާއި، ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ޞާލިޙު ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 އިގެ ސަބަބުން ދުނިޔޭގެ ބައެއް ޤައުމުތަށް ދިޔަފަދަ ގޯސް ހާލަތަކަށް ނުގޮސް، ރާއްޖެެ މިއޮތް ހާލަތަށް އާދެވިފައިވަނީ ސިއްހީ މާހިރުން ރައްޔިތުންނަށް ދެއްވި އިރުޝަދާއި މަޢުލޫމާތުތަކުގެ ސަބަބުންކަން ފާހަގަކުރައްވައި، އެ ބޭފުޅުންނަށް ވެސް ޝުކުރުއަދާކުރެއްވިއެވެ.

ރައީސްވަނީ ކޮވިޑް-19 އާއި ދެކޮޅަށް ކުރެވުނު މަސައްކަތަކީ، މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރި މި ފަދަ މަސައްކަތްކަން ފާހަގަކުރައްވައި، މިފަދައިން މި މަސައްކަތް ކުރެވުނީ އެންއީއޯސީގައި މަސައްކަތްކުރައްވާ ހުރުހައި ބޭފުޅުންގެ އެހީތެރިކަމާއި، ކަމާބެހޭ އިސްވެރިން ކުރެއްވި ފުރިހަމް މަސައްކަތުންކަން ފާހަގަކުރައްވާ، އެ ހުރިހައި ބޭފުޅުންނަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: