ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމާދޫ މަގުހެދުމުގެ މަޝްރޫޢުގެ އެންމެ ފަހުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދަނީ

ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ.ހަނިމާދޫގެ މަގުތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ އެންމެ ފަހުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފިއެވެ.

މިކަމާއި ގުޅިގެން އެމްޓީސީސީން ހާމަކުރިގޮތުގައި، ހަނިމާދޫގެ ފެނާއި ނަރުދަމާއަށް ބޭނުންވާ ސެޓްލްމަންޓް ޓޭންކްތަކާއި، ކޭބަލް ޖަންކްޝަންތައް ޤާއިމުކުރުމުގެ މަސައްކަތްތައް އެއްކޮށް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މިހާރު ކުރިއަށްދަނީ މަގުތައްހެދުމުގެ އެންމެ ފަހުގެ މަސއްކަތްތައްކަމަށާއި، މި ގޮތުން މަގުތައް ލެވެލްކުރުމުގެ މަސައްކަތްތަކުގެ 52 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން މަގާއި ދުވާރު ވަކިކޮށްދޭ ކާބްސްޓޯންތަކުގެ ޕްރީކާސްޓިންގް މަސައްކަތުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ވެސް އެމްޓީސީސީން ހާމަކޮށްފައިވެއެވެ. މި މަސައްކަތްތަކުގައި ހަނިމާދޫގެ 18 މަގެއްގައި ތާރުއަޅާ، އެ މަގުތައް ތަރައްޤީކުރަން ނިންމާފައިވާއިރު، ދުއްވާ އެއްޗެހި ދުއްވުމަށް ޚާއްސަކޮށްގެން 38،916 އަކަ މީޓަރުގެ ތާރުއަޅަން ހަމަޖެހިފައިވާ ކަމަށާއި، 16،518 އަކަ މީޓަރުގެ ދުވާރު ހެދުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ހާމަކުރެއެވެ. މީގެ އިތުރުން މަގުތަކުގައި ފެންބޮޑުވާށ މައްސަލަ ހައްލުކުރުމުގެ ގޮތުން، ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް ޤާއިމްކޮށް، ކޭބަލް ޖަންކްޝަންތައް ޤާއިމްކުރުމަށް ވެސް ހަމޖެހިފައިވެއެވެ. ހަމައެއާއެކު މަގުތަކުގައި ލައިޓްތައް ޖެހުމާއި، 19،679 އަކަ މީޓަރުގެ ސަރަހައްދެއްގައި ޓްރެފިކް ނިޝާންތައް ހަރުކުރުމަށާއި، ޓްރެފިކް ނިޝާންތައް ކުރެހުމަށް ވެސް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.

46.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫޢު 2013 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި އެމްޓީސީސީން ފަށާފައިވީނަމަވެސް އެކިއެކި ސަބަބުތަކާހުރެ މަޝްރޫޢުގެ މަސައްކަތްތައް އެންމެ ފުރިހަމގޮތެއްގައި ކުރިއަށްގޮސްފައިނުވާތީ، މަޝްރޫޢުގެ މަސައްކަތްތައް އަލުން އެމްޓީސީއާއި ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ މެއިމަހުގެ 22 ވަނ ދުވަހުގައެވެ. މި ގޮތުން މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް އެމްޓީސީން ފަށާފައިވަނީ، ހަސްވި އަހަރުގެ ޖޫންމަހުގެ 15 ވަނ ދުވަހުއެވެ. މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް އެމްޓީސީސީން ކުރަމުން އަންނައިރު، ހަނިމާދޫގެ ބަނދަރު ތަރއްޤީކުރުމުގެ މަސައްކަތްތައް ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: