ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްއޭއެމްއަށް ފިޔަވަޅު އެޅުމަށް ގޮވާލައި ހުށައެޅި ގަރާރު މަޖިލީހަށް ބަލައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެފްއޭއެމްއަށް ފިޔަވަޅު އެޅުމަށް ގޮވާލައި ހުށައެޅި ގަރާރު މަޖިލީހަށް ބަލައިގެންފިއެވެ.

މިގަރާރު ބަހުސްކުރުމަށް މަޖިލީހަށް ބަލައިގެންފައިވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވި 34 މެމްބަރުންގެ ތެރެއިން 31 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އެއް މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް ހުށައެޅުއްވި ގަރާރުގައި މައިގަނޑު ހަކަމެއް ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެފްއޭއެމްގެ ހިންގާ ކޮމިޓީ އިންތިހާބުވީ ފަހުން ތަފާތު އެކި ދުވަސްވަރު ހިންގާ ކޮމިޓީ އަށް ރަސްމީކޮށް އިންތިހާބުވި ބައެއް ފަރާތްތައް އެކިއެކި ސަބަބުތަކާ ހުރެ ހިންގާ ކޮމިޓީން އިސްތިއުފާ ދީފައިވާ ކަމަށާއި އޭގެ ތެރެއިން ހުސްވި މަގާމްތަކަށް އެފްއޭއެމްގެ ހިންގާ ގަވާއިދުގައިވާ ގޮތަށް އެކިއެކި ފަރާތްތައް ”އައްޔަން“ ކޮށްފައިވާ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ. އެފްއޭއެމްގެ 33 ވަނަ މާއްދާގައި ހިންގާ ކޮމިޓީ އިންތިހާބުވުމަށް ފަހު، ހިންގާ ކޮމިޓީގެ މަގާމުތައް ނުވަތަ %50 މަގާމާ ހަމަޔަށް މަގާމެއް ހުސްވެއްޖެ ނަމަ ޖެހިގެން އޮންނަ ކޮންގްރެސްއާ ހަމަޔަށް އެ ހުސްވި މަގާމުތަކަށް މީހުން ”އައްޔަން“ ކުރުމުގެ ބާރު އެފްއޭއެމްގެ ހިންގާ ކޮމިޓީ އަށް ލިބިގެންވާ ކަމަށް ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި ޖެހިގެން އަންނަ ކޮންގްރެސްގައި ހިންގާ ކޮމިޓީގެ ދައުރުގެ ބާކީ އޮތް ބަޔަށް އެ ”އައްޔަނު“ ކުރެވުނު މަގާމުތަކަށް އަލުން މީހުން ”އިންތިހާބު“ ކުރަން ޖެހޭކަން ސާފުކޮށް އެނގެން އެބައޮތް ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރަށް ޖަމިއްޔާގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވުމުގެ 30 ދުވަސްކުރިން ހިންގާ ކޮމިޓީ އަލުން އިންތިޚާބު ކުރެވެން ވާނެ ކަމަށާއި ހިންގާ ކޮމިޓީގެ ދައުރު ހަމަވުމުގެ ކުރިން ހިންގާ ކޮމިޓީގެ މަގާމެއް ހުސްވެއްޖެ ނަމަ އެ މަގާމަށް 30 ދުވަހުގެ ތެރޭގައި މީހަކު އިންތިހާބުކުރަންޖެހޭކަމަށްވެސް ވަނީ ގަރާރުގައި ފާހަގަކޮށްފައެވެ.

މީގެ އިތުރަށް އެފްއޭއެމްގެ ހިންގާ ގަވާއިދުގައިވާ ގޮތަށް މަހަކު އެއްފަހަރު ބައްދަލުވުންތައް ބާއްވާފައިނުވާ ކަމަށާއި އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައި ފާހަގަކޮށްފައިވާ އެހެން ކަންކަންވެސް ކޮށްފައިނުވާކަމަށް ގަރާރުގައިވެއެވެ.

އެހެންކަމުން، މިމައްސަލަތައް ބަލައި އެފްއޭއެމްގެ ހިންގާ ގަވާއިދާއި، ކުޅިވަރުގެ ގާނޫނާއި ފީފާގެ ހިންގާ ގަވާއިދާއި އެއްގޮތަށް އަމަލުކުުރުމަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމަންޓަށް އެންގުމަށާއި މިކަންކަމަށް އަމަލުކުރުމަށްފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް ވަނީ ގޮވާލާފައެވެ. އަދި މިކަންކަން ބަލައި ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: