ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާދަމާއިން ފެށިގެން އެންއީއޯސީ އުވާލައި، އޮފީސްތަކާއި ރެސްޓޯރެންޓުތައް ހުޅުވާ ނިއު ނޯމަލްއަކަށް!

ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޯވިޑް އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އާ މަރުހަލާއަކަށް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާދަމާއިން ފެށިގެން، ރާއްޖޭގެ ހާލަތު އާއްމު ހާލަތަކަށް ގެނެސް ސަރުކާރުގެ އޮފީސްތައް ހުޅުވާލައި، ކެފޭ ރެސްޓޯރަންޓްތައް ވެސް ހުޅުވާލުމަށް ހުއްދަދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ޖުލައި މަހުގެ 01 ވަނަ ދުވަހުން ފެށިގެން، ކޮވިޑާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދިނުމަށާއި، އަދި ބައްޔާއި ދެކޮޅަށް މަސައްކަތް ކުރުމަށް އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އުވާލެވޭނެއެވެ. އެއާއި އެކު ދެން ފެށިގެން ދާނީ އާ މަރުހަލާއެއްގެ ގޮތުގައި ރައީސް ވިދާޅުވިއެވެ.

ނިއު ނޯމަލްއެއްގެ ދަށުން، މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވާކަން ހާމަ ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މާދަމާއިން ފެށިގެން ކޮވިޑާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތައް އާ މަރުހަލާއަކަށް ބަދަލުވާނެ ކަމަށެވެ.  އޭގެ ދަށުން އިތުރު ލުއިތަކެއް ލިބޭއިރު ރެސްޓޯރެންޓުތައް އާއްމުންނަށް ހުޅުވާލުމާއި އެކު ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ބޮޑު ކަމެއްގެ ގޮތުގައި އެންއީއޯސީ އުވާލައި، އެ އިދާރާއިން ކުރަމުން އައި މަސައްކަތްތައް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއަށް ބަދަލުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ބައްޔާއި ދެކޮޅަށް ރާއްޖެއިން ކުރި މަސައްކަތްތަކުގައި ކާމިޔާބުތަކެއް ހޯދާފައިވާކަމަށް ރައީސް ފާހަގަކުރެއެވިއެވެ. އަދި ރަނގަޅު ނަތީޖާއެއް ނިކުތްއިރު، އެ ނަތީޖާތަކުގެ ފަހަތުގައި ވާ ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު ދަންނަވާކަމަށް ރައީސް ވިދާޅިވިއެވެ. މި މަސައްކަތުގައި ހީވާގިކަމާއި އެކު އެއްވެސް ވަރުބަލިކަމެއް ނެތި، އެއްބާރުލުން ދިން ހުރިހާ ފަރާތްތަކަށް ވެސް ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ.

https://twitter.com/ibusolih/status/1277839487276445696

އެންއީއޯސީ އުވާލާއިރު، ރައީސް ވަނީ އިއްޔެ އެ ސެންޓަރުގައި މަސައްކަތް ކުރާ ފަރާތްތަކާއި ބައްދަލު ކުރައްވާފައެވެ. ދަރުބާރުގޭގައި އޮތް އެ ބައްދަލުވުމުގައި ރައީސް ވިޅާޅުވީ ބައެއް އެހެން ގައުމުތައް ދިޔަފަދަ ގޯސް ހާލަތަކަށް ނުގޮސް ރާއްޖެ މިހާރު މި އޮތް ހާލަތަށް އާދެވިފައި ވަނީ ސިއްހީ މާހިރުން ރައްޔިތުންނަށް ދެއްވި އިރުޝާދާއި، މަޢުލޫމާތުތަކުގެ ސަބަބުންކަން ކަމަށެވެ.

އާ މަރުހަލާއަށް ބަދަލުވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މި ބަދަލަކީ އާންމު ދިރިއުޅުމަށް ރުޖޫއަވުމަށް ކުރާ މަސައްކަތުގެ ބައެއްކަމަށާއި، އަދިވެސް މިކަން ކުރިއަށް ގެންދިޔުމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމަށެވެ.

މީގެ އިތުރުން ކޯވިޑް-19 އާއި ދެކޮޅަށް ކުރެއްވި މަސައްކަތަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރެއްވި މިފަދަ މަސައްކަތްކަން ފާހަގަކުރައްވާ، މިގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދެވުނީ އެންއީއޯސީގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންގެ އެހީތެރިކަމާއި އަދި ކަމާގުޅޭ އިސްވެރިން ކުރެއްވެވި ފުރިހަމަ މަސައްކަތުންކަނން ފާހަގަކޮށް އެ ފަރާތްތަކަށް ރައީސް ޝުކުރު ދެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: