ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ސިޓީން 5.5 ކގ ގެ މަސްތުވާތަކެތި އަތުލައިގެންފި

ފޮޓޯ: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

5.5 ކިލޯގުރާމުގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ޙަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އައްޑޫ ސިޓިގައި ތިބި ފުލުހުންގެ އިންޓެލިޖެންސްއާއި، އެމްއެންޑިއެފުން ގުޅިގެން ހޯމަދުވަހުގެރޭ 5.5 ކިލޯގުރާމުގެ ހެރޮއިން އަތުލައިގެންފައިވާކަމަށެވެ.

އަތުލައިގަނެވުނު މަސްތުވާތަކެއްޗަކީ، ސްޕީޑް ބޯޓެއްގައި ގދ.ތިނަދޫން އައްޑު ސިޓީއަށް ގެންގޮސްފައިވާ މަސްތުވާތަކެތިކަމަށާއި، އެ މައްސަލައިގައި ޖުމްލަ 06 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށް ވެސް ޙަމީދު ވިދާޅުވިއެވެ.

ނަމަވެސް މަސްތުވާތަކެއްޗާއެކު އެ މީހުން އަތުލައިގެންފައިވަނީ ކޮންތާކުންކަމެއް ސީޕީ ޙަމީދު ހާމަކުރައްވާފައެއް ނުވެއެވެ.

https://twitter.com/M_Hameedh/status/1277845374481252357?s=20

މަސްތުވާތަކެތައްޗާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ފަހަކަށްއައިސް ފުލުހުން ހިންގާފައިވާ އޮޕަރޭޝަންތަކުގައި ވަނީ ގިނަ ޢަދަދަކަށް މަސްތުވާތަކެތި އަތުލައިގެންފައެވެ. މި ގޮތުން ބަލާއިރު، މި ހިނގާ ޖޫން މަހުގެ 28 ވަނަ ދުވަހުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފުލުހުންވަނީ، އެ ރަށު ގެއެއެއްގެ ކައިރިން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް އަޅާފައިވާ ފިލްމު ހުސްކުރި ދެ ދަޅު ހޯދައި، އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މީގެ އިތުރުން ދާދި މިދާކަށްދުވަހު ހުޅުމާލެއިން ކ.ހިންމަފުށްޓަށް ދަތުރުކުރި ދޯންޏެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ޖޫސްޕެޓީ ދެކޮތަޅު ވެސް ފުލުހުން ވަނީ އަތުލައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: