ޕްލޭނިން މިނިސްޓްރީއާއި ހައުސިންގ މިނިސްޓްރީ އެއްކޮށް ހިންގެވުމަށް މުހަައްމަދު އަސްލަމަށް މަޖިލީހުން ރުހުންދީފިއެވެ.
މިނިސްޓަރ އަސްލަމަށް ރުހުންދޭން މަޖިލީހުން ފާސްކުރީ 65 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓު ދީފައެއް ނުވެއެވެ.
ޕްލޭނިން މިނިސްޓްރީއާއި ހައުސިން މިނިސްޓްރީ އެއްކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ހައުސިން މިނިސްޓަރކަމުގެ މަގާމުގައި ހުންނެވި އާމިނަތު އާތިފާ އެމަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެހެންކަމުން މިހާރު އަސްލަމަކީ މިނިސްޓްރީ އޮފް އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ހިންގެވުމާއި ހަވާލުވެ ހުންނެވި ވަޒީރެވެ.
މިނިސްޓަރ އާތިފާ އިސްތިއުފާ ދެއްވާފައިވަނީ ސިއްހީ ހާލަތު ހުރިގޮތުންކަމަަށްބުނެ މިޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. އާތިފާ އިސްތިއުފާ ދެއްވިއިރު ހިޔާ ފްލެޓްގެ މަޝްރޫއުގެ ކަންކަމާއި ގުޅިގެން މިނިސްޓަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އަދި މިނިސްޓަރ އެމަގާމުން ވަކި ކުރެއްވުމަށް މަޖިލީހަށް ވަނީ ސިޓީއެއްެވެސް ހުށައަޅާފައެވެ.
ހައުސިން މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީ އެއްމިނިސްޓްރީއަކަށް ބަދަލުކޮށް މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ.
އެކަމުގެ ސަބަބަުން ފުށުންއެރންތަކެއް ހުރިކަން ފާހަގަކޮށް، ދެމިނިސްޓްރީގެ މެންޑޭޓް ސާފުކޮށްދިނުަމަށްއެދި ނޫސްވެެރިން އޭރުވެސް ވަނީ ތަކުރާރުކޮށް ސުވާލުކުރައްވާފައެވެ.

