ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ 5 މެންބަރެއްގެ ނަން އަނބުރާ ގެންގޮސްފި

އިންތިޚާބެއްގައި ވޯޓުގުނުމުގެތެރެއިން: ފޮޓޯ: ވީ ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވައިލި ފުރުސަތުގެ ދަށުން 05 މެންބަރަކުގެ ނަން އަނބުރާ ގެންގޮސްފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ލޯކަލް އިންތިޚާބުގެ ޚާއްސަ ޤާނޫނުގެ 2020 ގެ 03 ވަނަ މާއްދާގެ (ށ) ގެ ދަށުން، ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ފުރުސަތު ހުޅުވާލާފައިވަނީ، މި މަހުގެ 23 ވީ އަންގާރަ ދުވަހުގައެވެ. މި ގޮތުން މި މަހުގެ 23 ވަނަ ދުވަހު ހުޅުވައިލި ފުރުސަތު 10 ދުވަހުގެތެރޭގައި ހަމަވާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.

އިލެކްޝަން ކޮމިޝަނުން ހުޅުވައިލި ފުރުސަތުގައި، ލޯކަލް ކައުންސިލް އިންތިޚާބުގައި، ލ.މާވަށު ކައުންސިލްގެ ރައީސްކަމަށް އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް، ލ.މާވަށު އެންދެރިމާގޭ ޢަބްދުލްމަޖީދު މާހިރު (ކެންޑިޑޭޓް ނަންބަރު 05 ) އާއި، އއ.ބޮޑުފުޅަދޫ ކައުންސިލްގެ މެންބަރުކަމަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް، އއ.ބޮޑުފުޅަދޫ ދެތަނޑިމާގޭ ޙަސަން ނާފިޢު(ކެންޑިޑޭޓް ނަންބަރު 8 ) އާއި، ނ.މާޅެންދޫ ކައުންސިލް މެންބަރުކަމަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް، ނ.މާޅެންދޫ ރިސާދުގޭ މުޙައްމަދު ރަޝީދު(ކެންޑިޑޭޓް ނަންބަރު 10) ގެ ނަން އަނބުރާ ގެންގޮސްފައިވާކަމަަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެތެރެއިން، ށ. މަރޮށީ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓް، ށމަރޮށީ ދުންފިނިގޭ ނަސްފާ މުޙައްމަދު ސަޢީދު(ކެންޑިޑޭޓް ނަންބަރު 8) އާއި، ގއ. ކޮނޑޭ ކައުންސިލްގެއަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް އަމިއްލަގޮތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް، ގއ.ކޮނޑޭ ދޯދި ފާޠިމަތު ސާއިގާ ޚާލިދުގެ ނަން އަނބުރާ ގެންގޮސްފައިވާކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2020 ބާއްވަން ފުރަތަމަ އިޢުލާނުކުރީ، މި އަހަރުގެ އޭޕްރީލްމަހުގެ 04 ވަނަ ދުވަހުގައެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން، ރާއްޖޭގައި ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމާއި ގުޅިގެން، އިންތިޚާބު ވަނީ ފަސްކޮށްފައެވެ. އެހެންނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބުގެ ޚައްސަ ޤާނޫނު 2020 ބުނާގޮތުން، އަންނަ އަހަރުގެ މާޗުމަހުގެ 10 ވަނަ ދުވަހުގެކުރިން އިންތިޚާބު ބާއްވަން ޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: