ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައިހޮޓާތަކާއި، ފިހާރަތައް ހެނދުނު 09:00 އިން، ރޭގަނޑު 22:00 އަށް ހުޅުވުމުގެ ހުއްދަދީފި

ވީބީ މާޓް- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދުން ފެށިގެން ސައި ހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތައް، ހެނދުނު 09:00 އިން ފެށިގެން ރޭގަނޑު 22:00 އަށް ހުޅުވުމަށް ސަރުކާރުން ހުއްދަދީފިއެވެ.

މާލޭ ސިޓީގައި އިޢުލާނުކުރި ލޮކްޑައުންއާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއްދޭން ފަށާފައިވާއިރު، މިއަދުން ފެށިގެން ވަނީ ތިންވަނަ ފިޔަވަހީގައި ދޭން ނިންމާފައިވާ ލުއިތައް އިޢުލާންކޮށްފައެވެ. މި ގޮތުން މިއަދުން ފެށިގެން ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް، ހެނދުނު 09:00 އިން ފެށިގެން ރޭގަނޑު 22:00 އަށް ހުޅުވާލުމުގެ ހުއްދަދީފައިވާކަމަށެވެ. މީގެ އިތުރުން ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 22:00 އަށް ފިހާރަތައް ހުޅުވައިގެން ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް ވެސް ސަރުކާރުންވަނީ އަންގާފައެވެ.

ސައި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ހެނުދުނު 09:00 އިން ފެށިގެން ރޭގަނޑު 22:00 އަށްކަމަށްވިޔަސް، ރޭގަނޑު 23:00 އާއި ހަމައަށް ޓެކްއަވޭގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް ވެސް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. އަދި ފިހާރަތަކުން ވެސް ރޭގަނޑު 23:00 އާއި ހަމައަށް ޑެލިވަރީގެ ޚިދުމަތްދެވޭނެކަމަށް ވެސް ސަރުކާރުންވަނީ އަންގާފައެވެ.

މިގޮތަށް ޚިދުމަތް ފޯރުކޮށްދޭއިރު އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ޚިދުމަތްދިނުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މި ގޮތުން އެޗްޕީއޭއިން ޢާންމުކޮށްފައިވާ އުސޫލުގައި ބުނާ ގޮތުން، ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުން ޚިދުމަތްދިނުމުގައި، އެއްފަހަރާ އެތަނަށް ވަދެވޭނެ މީހުންގެ ޢަދަދު ފެންނަގޮތަށް ދޮރުމަތީގައި ބެހެއްޓުމާއި، 03 ފޫޓުގެ ގައިދުރުކަން ހިފެހެއްޓޭ މިންވަރަށް، ޚިދުމަތް ހޯދަންދާ މީހުންނަށް ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެތެރޭގައި މާސްކްއެޅުމަށް އަންގާފައިވެއެވެ.

ކާބޯތަކެތީގެ ޚިދުމަތްދޭ ތަން ބަންދުކޮށްފައި ބެހެއްޓުމަށްފަހު އަލުން ހުޅުވާނަމަ، އެ ތަނެއްގައި ޕެސްޓް ކޮންޓްރޯލްކުރުމާއި، މުޅިތަން ރަނގަޅަށް ސާފުކޮށް ޑިސްއިންފެކްޓްކުރަންވާނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. ހަަމައެއާއެކު، ކާބޯތަކެތި ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ޢާންމު ހާލަތަށް ރުޖޫޢަވުމުގައި ތަނުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ހަދައި، ކޮވިޑް-19 އިގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމެނޭގޮތަށް އެ ތަންތަނުގެ ހިރާސް ދެނެގަނެ ޚިދުމަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނައުމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ. އަދި ފުޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމަކަށް ސަރޓިފައިކޮށްފައިވާނަމަ އެފަދަ ތަންތަނުގެ ހެސަޕް ނުވަތަ އެނޫންވެސް ކާބޯތަކެތީގެ ރައްކާތެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކުގައި ކޮވިޑް-19 އިގެ ކަންކަން ހިމެނުމާއި، މުވައްޒަފުން މަސައްކަތުގައި އުޅޭއިރު ޢަމަލުތައް ބަހައްޓަންވީގޮތުގެ މަޢުލޫމާތު ފެންނަ ގޮތަށް ބެހެއްޓުމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓްފަދަ ތަންތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށައި، ކަސްޓަމަރުންނަށް ޢަމަލުކުރަންވީ ގޮތް ފެންނަގޮތަށް ލިޔެފައި ބެހެއްޓުމަށާއި، ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމު ހަމަޖައްސަންވާނެކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި ކޮވިޑް-19 އިގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި، ޝީޝާ، ވޭޕް އަދި އީ-ސިނގެރޭޓް ހިމެނޭގޮތަށް ދުންފަތުގެ އިސްތިޢުމާލުކުރުމަކީ މަނާކަމެއްކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: