ސްޓެލްކޯ އެޕް މެދުވެރިކޮށް ބިލް ދައްކައިގެން 10 ކަސްޓަމަރަކަށް -/1،000 ރުފިޔާ ލިބުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮމޯޝަން ކުރިޔަށް ދާނީ ޖުލައި މަހުގެ ނިޔަލަށްކަމަށާއި ނަސީބުވެރިން ހޮވާނީ އެޕްލިކޭޝަން މެދުވެރިކޮށް ބިލްދައްކަވާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތަކުން ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
އެ މުއްދަތުގެ ތެރޭގައި ދައްކަވާ ބިލަކީ ކޮންމެހެން އެންމެ ފަހުގެ ބިލަށްވާކަށް ނުޖެހޭކަމަށް އެކުންފުނިން ބުނެއެވެ. އަދި އޭގެ ކުރީ މަހުގެ ބިލްތައް ދެއްކެވިނަމަވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
ޕްރޮމޯޝަންގެ ގުރު ނެގުން އޮންނާނީ އޮގަސްޓް މަހުގެ ކުރީކޮޅުގައެވެ. ސްޓެލްކޯ އެޕްލިކޭޝަނުން ފަސޭހަ ކަމާއެކު ބިލް ދައްކާލެވި، ބިލަށް އަރާވަރު އަމިއްލަ އަށް ހިސާބު ކޮށްލެވޭނެއެވެ.
އެޕްލިކޭޝަން ބޭނުން ކުރުމުން އެއް މީޓަރަށްވުރެ ގިނަ މީޓަރު އެޕަށް އެޑްކޮށް ކެޓަގޮރައިޒް ކޮށްލެވޭނެ ކަމަށާއި ފާއިތުވި ހަ މަސް ދުވަހުގެ ކަރަންޓް ބޭނުން ކުރެވިފައިހުރި ގޮތް ބަލާލެވޭނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

