ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ހުށަހެޅުމަށް މެމްބަރުންގެ އަނބިދަރިންގެ މާލީ ބަޔާން އާންމު ނުކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފިރިންނާއި އަނބިދަރިންގެ މާލީ ބަޔާން އާންމުނުމަށް މަޖިލީޙުގެ ގަވާއިދަށާް ބަދަލު ގެނެން މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހު މަޖިލީޙުން ފާސްކޮށްފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހާ އެއްގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ނިންމައި، އާއްމު ކޮމިޓީން އެކުލަވައިލި ރިޕޯޓު ތަޅުމުން ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ރިޕޯޓު މަޖިލީހުން ފާސްކުރީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް ހުށަހެޅުއްވި އިސްލާހަކާ އެކުގަ އެވެ.

މަޖިލީހުގެ ގަވާއިދަށް ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހަކީ  މަޖިލީހުގެ އަމީންއާންމަށް މާލީ ބަޔާންތައް މެންބަރުން ހުށަހެޅުއްވުމަށް، އޮޑިޓަ ޖެނެރަލްގެ އޮފީހަށް އެ ބަޔާންތައް އަމީންއާންމު ފޮނުވަން ޖެހޭ ގޮތަށް ގަވާއިދަށް މާއްދާއެއް އިތުރު ކުރުމަށެވެ.

މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން މެމްބަރުންނާއި މެމްބަރުންގެ ފިރިން/އަނބިން ނުވަތަ ފިރިންނާއި އުމުރުން 18 އަހަރު ނުފުރޭ ކުދިންގެ ވެސް މާލީ ބަޔާން މަޖިލީހުގެ އަމީން އާންމަށް ހުށަހެޅުމުން މަޖިލީހުގެ ވެބްސައިޓްގައި އާންމު ކުރަން ޖެހޭނެ އެވެ.

މެމްބަރުންގެ އަނބިދަރިންގެ މާލީ ބަޔާން އާންމު ނުކުރަން ނިންމުމުގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިތުރުން އޮޑިޓަ ޖެނެރަލްގެ ލަފާ ހޯދި އެވެ. ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ މުއައްސަސާތަކުން ވެސް ލަފާ ދިނީ އަނބިން/ފިރިންން އަދި ދަރިންގެ މާލީ ބަޔާން އާންމު ކުރުން ރަނގަޅު ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: