ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 : އިތުރު 21 މީހަކު ޕޮޒިޓިވްވެ، 10 މީހަކު ރަނގަޅުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 21 މީހަކު ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެތެރެއިން 10 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުދަ ދުވަހުގެރޭ ހާމަކުރިގޮތުގައި، އަންގާރަދުވަހުގެ 18:00 އާއ ހަމައިން ފެށިގެން ބުދަ ދުވަހުގެ 18:00 އާއި ހަމައަށް ކޮވިޑް-19 އަށް އިތުރު 21 މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ. މީގެ އިތުރުން އެޗްޕީއޭއިން ހާމަކުރިގޮތުގައި ބަލި ޖެހުނު މީހުންގެތެރެއިން އިތުރު 10 މީހަކު ވެސް ވަނީ ރަނގަޅުވެފައެވެ.

މިގޮތުން އެންމެ ފަހުން ޕޮޒިޓިވްވި 21 މީހުންގެތެރޭގައި ހިމެނެނީ، 03 ދިވެހިންކަމަށާއި، ބަންގްލަދޭޝްގެ 17 މީހުންގެ އިތުރުން، ސްރީލަންކާގެ މީހެއްކަމަށް އެޗްޕީއޭއިން ބުނެއެވެ. މި ޢަދަދާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރު 2382 އަށް ވަނީ އިތުރުވެފައެވެ. އޭގެތެރޭގައި 837 ދިވެހިންނާއި، ބަންގްލަދޭޝްގެ 1261 މީހުންނާއި، އިންޑިއާގެ 220 މީހުންނާއި، ސްރީލަންކާގެ 19 މީހުންނާއި، ނޭޕާލްގެ 43 މީހުންނާއި، އިޓަލީގެ 11 މީހެއްގެ އިތުރުން، ޕާކިސްތާނުގެ 03 މީހަކު ހިމެނޭއިރު، ވަކި ޤައުމެއްކަމަށް ބަޔާންކޮށްފައިނުވާ 09 މީހަކު ވެސް ހިމެނެއެވެ.

https://twitter.com/HPA_MV/status/1278376488711139329?s=20

ނަމަވެސް ޕޮޒިޓިވްވި މީހުންގެތެރެއިން ޖުމްލަ 1954 މީހަކު ރަނގަޅުވެ، މިހާރު ފަރުވާދެމުންދަނީ، ޖުމްލަ 414 މީހަކަށެވެ. އޭގެ އިތުރުން، 134 މީހަކު ކަރަންޓީނު ފެސިލިޓީތަކުގައި ތިބިއިރު، 284 މީހަކު މިހާރުވެސް އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިކަމަށް އެޗްޕީއޭއިން ބުނެއެވެ. ހަމައެއާއެކު ކޮވިޑް-19 ޖެހުނު މީހުންގެތެރެއިން ބުދަ ދުވަހުގެރޭ 11:54 ގައި އިތުރު މީހަކު ވަނީ ނިޔާވެފައެވެ. މިކަމާއި ގުޅިގެން އެޗްޕީއޭއިން ހާމަކޮށްފައިވަނީ، ނިޔާވި މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންއައި، 92 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މި ގޮތުން މި މީހާއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެތެރެއިން 10 މީހަކު މިހާރުވަނީ ނިޔާވެފައެވެ. އެއީ ދިވެހި 05 މީހެއްގެ އިތުރުން، ބަންގްލަދޭޝްގެ 04 މީހަކާއި، ޕިލިޕީންސްގެ މީހެއްކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: