ސަރުކާރުގެ ފަރާތުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ބިލަށް އާންމުންގެ ޚިޔާލު ހޯދަން މަޖިލީހުގެ އިދާރާ އިން ބޭއްވި ފޯރަމްގައި ރައްޔިތުންގެ މާބޮޑު ތާޢީދެއް ނުލިބުނެވެ.
ބުދަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް ބައްދަލުވުމަށް 10 ވަރަކަށް މީހުންވެސް ވަދެފައެއްނުވެއެވެ. އަދި ބައްދަލުވުމުގެ ވަކި ހިސާބަކުން އެވަގުތު އެ ފޯރަމްގައި ތިބި ބައެއް މީހުންވަނީ ފުލުހުންގެ ބިލާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ބަދަލުގައި ޖިންސީ ގޯނާއާ ދެކޮޅަށް އިހުތިޖާޖުކޮށްފިއެވެ.
އެ ބައްދަލުވުމުގައި ތިބި އާންމުން އިހުތިޖާޖުކުރީ ރޭޕު ކުރުމާއި ޖިންސީ އަނިޔާއާ ދެކޮޅަށް ހިޔާލު ފާޅުކުރާ މެސެޖުތަކެއް ލިޔެފައިވާ ގަނޑުތަކެއް ހިފަހައްޓައިގެން ތިބެ އެވެ. އިހުތިޖާޖުކުރި މީހުން ތިބީ ރޭޕް ކުރުމާއި ޖިންސީ ގުޅުމާއި ގުޅޭ މައްސަލަތަކުގެ ތަޙްޤީޤު ފުލުހުން ކުރިއަށް ގެންދާ ގޮތާއިމެދު ހުރި ކަންބޮޑުވުންތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.
ފުލުހުންގެ ބިލަށް ޚިޔާލު ހޯދުމަށް ބޭއްވި ފޯރުމްގައި ފުލުހުންގެ ތަހުގީގަށް ހުރަސް އެޅޭނެ އެއްވެސް މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ނުހޯދޭ ގޮތަށް ފުލުހުންގެ ހިދުމަތުގެ ބިލުގައިވާ 241 ކޮމިޓީގެ ބާބަށް ބަދަލު ގެންނަންވަނީ ނިންމާފައެވެ.
ފޯރަމްގައި ވާހަކަ ދައްކަވަމުން އެބިލް ހުށަހެޅުއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ 241 ކޮމިޓީއަށް ބިލުން ދީފައިވާ ބާރުތަކަކީ ގާނޫނު އަސާސީން ކޮމިޓީއަށް މަތިކޮށްފައިވާ ކަންކަން ކަމަށެވެ.
ހަސަން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފުލުހުންނާ ގުޅޭ ކަންކަމުގައި ބާރުތަކެއް ލިބޭ ގޮތަށް ފުލުހުންގެ ބިލުގައި ހިމެނުމަކީ މަޖިލީހުން ފުލުހުންނަށް ނުފޫޒު ފޯރުވުން ނޫން ކަމަށެވެ. އަދި ބިލު މިހާރު އޮތްގޮތުން އޮޕަރޭޝަނަލް ކަންކަމުގެ މައުލޫމާތު 241 ކޮމިޓީ އަށް ހޯދޭނީ ނިމިފައިވާ އޮޕަރޭޝަންތަކާއި ހިނގަމުންދާ އޮޕަރޭޝަންތަކުގައި ތަހުގީގަށް ހުރަސް ނޭޅޭނެ މިންވަރަށް ކަމަށެވެ.
”އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ގާނޫނުއަސާސީން އެ މަސްއޫލިއްޔަތު އަދާކުރަން ހަވާލު ކޮށްފައި އޮންނަ ކޮމިޓީން ކުރާ ކަންކަން އެއީ ހަގީގަތުގައި އެހެން ފަރާތެއްގެ މައްޗަށް ނުފޫޒު ފޯރުވުން ކަމަކަށް ގަބޫލެއް ނުކުރަން“ ހަސަން