ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢާންމު އުސޫލުން ސަރުކާރުގެ އިދާރާތައް އާދިއްތަ ދުވަހުގައި ހުޅުވާލަނީ

ސަރުކާރުގެ ގިނަ އިދާރާތަކެއް ހިމެނޭ ވެލާނާ ބިލްޑިންގް. ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއެކޭ ވެސް އެއްގޮތަށް، ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން، ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރުގެ އިދާރާތައް ހުޅުވާގޮތަށް ސަރުކާރުން ނިންމައިފިއެވެ.

މި ކަން ހާމަކޮށް ރައީސް އޮފީހުން މިއަދު ބުނީ، ކޮވިޑް-19 ފެތުރުން ކުޑަކުރުމުގެ ގޮތުން، ވޭތުވެދިޔަ މާރިޗުމަހުގެ 19 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް ޢާންމުކޮށް ނުހުޅުވާގޮތަށް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާކަމަށެވެ.

މި ގޮތުން ޖުލައި 5 ވާ އާދީއްތަ ދުވަހުން ފެށިގެން، ސަރުކާރުގެ އިދާރާތައް ޢާންމުކޮށް ހުޅުވައިގެން މަސައްކަތްކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސް އޮފީހުން ހާމަކުރިގޮތުގައި، ސަރުކާރުގެ އިދާރާތައް ހުޅުވާފައި ހުންނާނީ ކުރިއެކޭވެސް އެއްގޮތަށް ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 14:00 އާއި ހަމައަށްކަމަށެވެ.

ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވާލަން ނިންމެވިކަމުގައި ވިޔަސް، އިދާރާތަކުން ޢަމަލު ކުރުމަށްޓަކައި، އެޗްޕީއޭގެ ލަފަޔާއި މަޝްވަރާގެ މަތިން، ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވާލައި، ޢާންމުކޮށްފައިވާ، އެ ކޮމިޝަނުގެ ސަރކިއުލަރ ނަންބަރު 24/2020 (23 ޖޫން 2020) ގައި ހިމަނާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުކުރުމަށް އިދާރާތަކަށް ރައީސް ވަނީ އަންގަވާފައެވެ.

މީގެ އިތުރުން، ރަސްމީ ގަޑީގައި މަސައްކަތްތައް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމަށާއި، ނުރަސްމީ ގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް އިންތިޒާމުކުރުމަށް ރައީސް ވަނީ އަންގާފައެވެ. ހަމައެއާއެކު ދަންފަޅި އުސޫލުން މަސައްކަތް ކުރާ އިދާރާތައް ފިޔަވައި، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މެނުވީ މެންދުރުފަހު 14:00 ގެ ފަހުން އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރުމަށް ވެސް އަންގާފައިވެއެވެ. އަދި ސަރުކާރުގެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް، ނުރަސްމީގަޑީގައި އިދާރާ ހުޅުވަންޖެހިއްޖެނަމަ ވެސް، އެންމެ ލަސްވެގެން ހަވީރު 16:00 ގެ ފަހުން އިދާރާ ހުޅުވާފައި ނުބެހެއްޓުމަށް ވެސް ވަނީ އަންގާފައެވެ.

އަދި އޭގެ އިތުރުން، ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދީފައިވާ ޚިދުމަތްތައް، އެ ގޮތުގެ މަތިން ފޯރުކޮށްދެމުން ގެންދިއުމަށާއި، އޮންލައިންކޮށް އިތުރަށް ފޯރުކޮށްދެވެން ހުރި ޚިދުމަތްތަކަކީ ކޮބައިތޯބަލައި، އެ ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އިދާރާތަކަށް ރައީސް ވަނީ އަންގާފައެވެ. އަދި ހަމައެއާއެކު ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތަކުގެތެރެއިން، އޮންލައިންކޮށް ކުރެވެން ހުންނަ މަސައްކަތްތައް އޮންލައިންކޮށް ކުރާނެ އިންތިޒާމު ހަމަޖައްސައި، ޢާންމު އުސޫލެއްގެ ގޮތުގައި އޮންލައިންކޮށް މަސައްކަތްކުރަން ވެސް އަންގާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: