ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަމާދަށް ހުރި އަންހެނެއްްގެ އަނގަޔަށް، ލައްފިލުވާއެޅި މައްސަލައެއް ފެންމަތިވެއްޖެ

ރ.އަލިފުށި. ފޮޓޯ: ޓްޑޭ އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރ.އަލިފުށީގައި އަންހެނެއްްގެ އަނގަޔަށް، އޭނާގެ ކުރީގެ ފިރިމީހާއަށް ލައްފިލުވާއެޅި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ބުދަދުވަހުގެރޭ 21:45 ގައި ފުލުހުންނަށް ހުށަހެޅުނު މި މައްސަލައާއި ބެހޭގޮތުން، ފުލުހުން ބުނީ ރ.އަލިފުށީގެ ގެއެއްގައި ނަމާދުކުރަން ހުރި އަންހެނެއްްގެ އަނގަޔަށް، އޭނާގެ ކުރީގެ ފިރިމީހާއަށް ލައްފިލުވާއަޅާފައިވާކަމަށެވެ.

މި ގޮތުން މި މައްސަލައާއި ގުޅިގެން 32 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މި މައްސަލައިގައި އަނިޔާ ލިބުނު މީހާ ވަގުތުން އެ ރަށު ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަަމަށާއި، މިހާރު އެ މީހާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ. ފުލުހުން ބުނީ މި މައްސަލަ މިހާރު ތަޙުޤީޤުކުރަން އަންނަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: