ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު ފިނޮޅުގެ މައްސަލަ ގޯހުން ގޯހަށް: އެސްއޯ ޓީމުގެ މިސްރާބު، ތުޅާދޫން ބޮޑު ފިނޮޅުއަށް!

ފުލުހުން ބޮޑު ފުނަދޫއަށް އަރަން މިސްރާބު ޖެހުން/ ފޮޓޯ: ލޫކަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންތަކެއް ރަހީނުޚޮށްފައިވާ ބ. ބޮޑު ފުނަދޫއަށް ދިއުމަށް މާލެއިން ދިޔަ އެސްއޯ ފުލުހުންގެ ޓީމް ތުޅާދޫއިން އެ ރަށަށް ދިޔުމަށް މިސްރާބު ޖަހަިއިފިއެވެ.

ބޮޑު ފުނަދޫއަށް މިސްރާބު ޖަހާފައިވަނީ މާލެއިން އެސްއޯގެ 60 އެއްހާ ފުލުހުންނާއި އެކު މީގެ ކުރިން ވެސް ރަށަށް އަރަން މަސައްކަތް ކުރި ފުލުހުންނެވެ. ބޮޑުފިނޮޅުގައި ހިންގާ އޮޕަރޭޝަނުގައި ފުލުހުންގެ އިތުރުން ސިފައިން ވެސް ބައިވެރިވާނެއެވެ

ފާއިތުވީ ހަތަރު މަސް ދުވަހުގެ މުސާރަ ދީފައި ނުވާތީ، ބޮޑު ފިނޮޅުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން ވަނީ މުޒާހަރާކޮށް އިހުތިޖާޖުތަކެކޮށްފައެވެ. އަދި އެ މީހުން ޑިމާންޑަކީ މުސާރައާއި މެދު ވަކި ގޮތެއް ހަމަޖެއްސުން ކަމަށްވާއިރު އެ ހަމަނުޖެހުން އެންމެ ފުރަތަމަ ވެސް ބިދޭސީން ފަށާފައިވަނީ ރަށުގައި ތިބި ދިވެހި މަސައްކަތްތެރީން ރަހީނުކޮށްގެންނެވެ.

ބިދޭސީންގެ އަތް ދަށުގައި 15 ދިވެއްސަކު ތިބިއިރު، ރަށުގައި ތިބީ 200 ބިދޭސީންކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އެހެން ނަމަވެސް މިހާތަނަށް ހޯދުންތަކަށް އެނގޭގޮތުގައި އެ ހަމަނުޖެހުންތަކުގައި ރަށުގައި ތިބި ހުރިހާ ބިދޭސީންނެއް ބައިވެރިނުވެއެވެ. ނަމަވެސް ފުލުހުންގެ ފަރާތުން މިކަމާއި ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ވެސް ލިބިފައި ނުވެއެވެ.

ދެ ފަހަރެއްގެ މަތީން ބ އަތޮޅު ހިމެނޭ ފުލުހުންގެ ޑިވިޒަންއިން ރަށަށް އަރާ ހަމަނުޖެހުން މައިތުރި ކުރި ނަމަވެސް ދެ ފަހަރެއްގެ މަތީން ވެސް ކުރި މަސައްކަތް ނާކާމިޔާބު ވެފައިވަނީ އެ ރަށުގައި ތިބި ބިދޭސީން ފުލުހުންގެ ދޯނި ރަށާއި ކައިރި ކުރުމާއި އެކު ގާތަކާއި، ބޮޑެތި ނަޓުތަކާއި، ދަގަނޑު، އަދި ދަނޑިބުރިތަކާއި ތޫނުކޮށްފައިވާ ދަގަނޑުތައް އުކާ ހަމަލާ ދޭން ފެށުމުންނެވެ. އަދި ބިދޭސީން އަންނަނީ ރަށުގެ ބަނދަރު މަތީގައި ވެސް ފޯރި މަރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: