ދިވެހިން ރަހީނުކޮށް ހަމަނުޖެހުން ހިންގަމުން ދިޔަ ބ. ބޮޑުފިނޮޅަށް ފުލުހުން އަރައި، ބިދޭސީން ރަހީނުކޮށްފައި ތިބި 11 ދިވެއްސަކު ސަލާމަތްކޮށްފިއެވެ.
ބ.އަތޮޅު ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ވެގެން ދިވެހިންތަކެއް ރަހީނުކޮށްފައިވާ ކަމުގެ މައުލޫމާތު އެންމެ ފުރަތަމަ މީޑިއާތަކާއި ހިއްސާކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އެއަށްފަހު ދެ ފަހަރެއްގެ މަތީން ރަށަށް އެރުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ވޭތުވެ ދިޔަ 04 މަސް ދުވަހުގެ މުސާރަ ދީފައިނުވާކަމަށް ބުނެ އެވެ. މުޒާހަރާ ކުރުމުގެ ތެރެއިން އެ މީހުން 15 ދިވެހިންތަކެއް ރަހީނުކުރިއިރު ޑިމާންޑު ކުރީ މުސާރަ ދިނުމަށެވެ. ރަށުގައި ހަމަނުޖެހުން ހިންގިއިރު 200 ބިދޭސީން ތިއްބެވެ. ބިދޭސީން ދިވެހިންނަށް އަނިޔާއެއް ނުދޭ ކަމަށް ފުލިހުން ވަނީ މައުލޫމާތު ދީފައެވެ.
މީގެ ކުރިން ރަށަށް އެރުމަށް މަސައްކަތް ކުރުމުން ބިދޭސިން ވަނީ، ތޫނުކޮށްފައިވާ ދަގަނޑާއި ގާތައް އުކާފައެވެ.

މައްސަލައިގައި މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ބިދޭސީން އެއްވެސް ދިވެއްސަކަށް އަނިޔާއެއް ދީފައި ނުވާ ކަމަށެވެ. މިވަގުތު ތަރުޖަމާނެއްގެ އެހީގައި ބިދޭސީންނާއި ވާހަކަ ދައްކަމުންދާއިރު އެ މީހުން އަމާން ދީފައިވަނީ ބަންގްލަދޭޝްގެ އެމްބަސީން ވާހަކަ ދައްކައިގެންނެވެ.

