ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންނަށް މުސާރަ ނުދީ މަސައްކަތްކުރުވާ މައްސަލައަކީ، ހައްލުކުރަން ޖެހިފައިވާ ބޮޑު މެގަ މައްސަލައެއް: ޝިފާ

މާލޭސިޓީގެ މޭޔަރު ޝިފާ މުޙައްމަދު. ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީންނަށް މުސާރަ ނުދީ މަސައްކަތްކުރުވާ މައްސަލައަކީ، ހައްލުކުރަން ޖެހިފައިވާ ބޮޑު މެގަ މައްސަލައެއްކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ މިހެން ވިދާޅުވެފައި މިވަނީ، ބ.އަތޮޅު ބޮޑުފިނޮޅުގައި މަސައްކަތްކުރަމުން އަންނަ ބިދޭސީންތަކަކަށް، 04 މަސްދުވަހަށްވުރެ ގިނަދުވަސްވަންދެން މުސާރަނުދީ ގެންގުޅެފައިވާ މައްސަލައިގައި، އެކަމާ ދެކޮޅަށް ބިދޭސީން ނުކުމެ ހިންގި ހަމނުޖެހުންތަކަކާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ޝީފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިސޯޓުތައް ހެދުމަށާއި، ކޮންސްޓްރަކްޝަން ބޮޑެތި ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރުމަށް ބިދޭސީންެގެނެސް، އެ މީހުންނަށް މުސާރަ ނުދީ މާލެތެރެއަށް ދޫކުރާތާ އެތަކެއް އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވާކަމަށެވެ. މި ގޮތުން ބިދޭސީންނަށް މުސާރަ ނުދީ މަސައްކަތްކުރުވާ މައްސަލައަކީ، ހައްލުކުރަން ޖެހިފައިވާ ބޮޑު މެގަ މައްސަލައެއްކަމަށާއި، ކޮންސްޓްރަކްޝަން ސައިޓްތަކަށް ހުއްދަދެވޭނީ ވޯކް ވިސާ އޮވެގެންކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.

https://twitter.com/SifaMohammed/status/1278935100965580800?s=20

ބޮޑު ފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަނުދީ މަސައްކަތްކުރުވާ މައްސަލައިގައި ހިންގި ހަމަނުޖެހުންތަކުގެ އިތުރުން މީގެކުރިން ވެސްވަނީ މިފަދަ މައްސަލަތަކެއް ފެންމަތިވެގެން ގޮސްފައެވެ. މި ގޮތުން، ހުސްވި ޖޫންމަހުގެ 25 ވަނަދުވަހުގައި، ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ޚާއްސަކޮށްފައިވާ ފްލެޓުތައް ޢިމާރާތްކުރުމުގައި މަސައްކަތްކުރަމުންދާ ބިދޭސީން ވެސް ވަނީ މުސާރަނުދޭކަމަށް ބުނެ މުޒާހަރާކޮށްފައެވެ. މީގެ އިތުރުން ވެސް މުސާރަނުދީ މަސައްކަތްކުރުވާ މައްސަލައިގައި ޖޫންމަހުގެ 02 ވަނަދުވަހު ތިލަފުށީގައި ތިބި އައިމާ ކޮންސްޓްރަކްޝަންގައި މަސައްކަތްކުރާ ބިދޭސީންނާއި، ފުލުހުންގެ މެދުގައިވަނީ ހަމަނުޖެހުންތަކެއް ހިނގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: