ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 އާއި ގުޅިގެން ކުރި ޚަރަދުތަށް މިހާތަނަށް 975.7 މިލއަން ރުފިޔާ އަށް

ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް ބޭނުންވާ އިކްއިޕްމަންޓްސްއާއި މެޝިނަރީޒް އިންސްޓޯލްކޮށްފި. ފޮޓޯ: ގަން ރީޖަނަލް ހޮސްޕިޓަލް/ޓްވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް، 975.7 މިލއަން ރުފިޔާ ޚަރަދުކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ޢާންމުކޮށްފައިވާ ތަފާސްހިސާބުގައިވާގޮތުން، ކޮވިޑް-19 އަށް މިހާތަނަށް 975.7 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާއިރު، އެންމެ ގިނަ ޢަދަދެއްގެ ފައިސާ ހޭދަކުރެވިފައިވަނީ، ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއޭއެމް) އަށްކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މި ގޮތުން ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީއަށް މިހާތަނަށް 641.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުގައި ބުނެފައިވެއެވެ. ށިޒާސްޓާރ މެނޭޖްމަންޓްގެ އިތުރުން ދެން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ، މިނިސްޓްރީ އޮފް ހެލްތުގެ މަސައްކަތްތަކަށާއި، ޑިޒާސްޓަރ މެނޭޖްމަންޓަށްކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. ތަފާސްހިސާބުތަކުގައިވާ ގޮތުން ހެލްތު މިނިސްޓްރީގެ މަސައްކަތްތަކަށް، 148.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ޑިޒާސްޓަރ މެނޭޖްމަންޓަށް 84.1 މިލިއަން ރުފިޔާ ހޭދަކުރެވިފައިވެއެވެ.

މީގެ އިތުރުން ޕްލޭނިންގް މިނިސްޓްރީގެ މަސައްކަތްތަކަށް 29.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ޓުއަރިޒަމް އެކްޓީވިޓީސް އިމްޕްލިމެންޓޭޝަން ފަންޑަށް 27.5 މިލިއަން ރުފިޔާ ވަނީ ޚަރަދުކުރެވިފައެވެ. އައިޖީއެމްއެޗަށް ވަނީ 16.5 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާއިރު، އެމްއެންޑީއެފްގެ މަސައްކަތްތަކަށް 11.8 މިލިއަން ރުފިޔާ ހޭދަވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ނެޝަނަލް ސޯޝަލް ޕްްރޮޓެކްޝަން އެޖެންސީގެ ޚަރަދުތަކަށް 4.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ފޮރިން މިނިސްޓްރީއަށް 3.8 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވެއެވެ. ޒަކާތު ފަންޑަށް 3.0 މިލިއަން ރުފިޔާ ހޭދަކުރިވިފައިވާއިރު، ފުލުހުންނަށް ޚަރަދުވެފައިވަނީ 1.8 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޖެންޑަރ މިނިސްޓްރީއަށް 1.3 މިލިއަން ރުފިޔާ ހޭދަކުރެވިފައިވާއިރު، ހަމަ އެ އަދަދަށް ހަޔަރ އެޑިއުކޭޝަންއަށް ވެސް ޚަރަދުކުރެވިފައިވާކަމަށް ތަފާސް ހިސާބުތަކުގައި ބުނެފައިވެއެވެ. ހަމައެއާއެކު، އިމިގުރޭޝަން އަށް 0.3 މިލިއަން ރުފިޔާ ހޭދަކުރެވިފައިވާކަމަށާއި، ނެޝަނަލް ޑްރަގް އެޖެންސީއަށް 0.2 މިލިއަން ރުފިޔާ ހޭދަކުރެވިފައިވާކަމަށް ތަފާސް ހިސާބުތައް ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ، ކޮވިޑަށް ޓެސްޓްކުރުމަށާއި، ޕާރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް(ޕީޕީއީ) އާއި ބޭހުގެ ބާވަތްތަކަށެވެމީގެ އިތުރުން ވެންޓިލޭޓަރު ހޯދުމަށާއި، އައިސޮލޭޝަން ފެސިލިޓީތަކަށާއި، ކޮވިޑުގެ ބަލިމީހުންނަށް ފަރުވާދޭނެ ފެސިލިޓީތައް ޤާއިމުކުރުމަށް ވެސް ބޮޑެތި ޚަރަދުތަކެއް ހިނގާފައިވެއެވެ. މި ގޮތުން ބޭސްފަރުވާގެ ކަންކަމަށް 466 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އިކުއިޕްމަންޓްތަކަށް 180 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ތަފާސް ހިސާބުގައި ބުނެފައިވެއެވެ. އަދި ގްރޭންޓް ކޮންޓްރިބިއުޝަންސް އެންޑް ސަބްސިޑީއަށް 114.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ވެސް ތަފާތު ހިސާބުތަކުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: