ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭ ބައްޔަށް ޕޮޒިޓިވްވީ ދިހަ މީހެއް!

މާލެ ތެރޭ ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމުގެ ތެރެއިން - ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑަށް ޓެސްޓު ކުރި މީހުންގެ ތެރެއިން ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވް ވީ 10 މީހެއްކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީންހާމަކޮށްފިއެވެ.

ކޮވިޑާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތައް ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ކޮވިޑަށް ހާއްސަ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ކޮވިޑު ކޭސްތަކުގެ ތަފްސީލީ މައުލޫމާތައް އެ ވެބްސައިޓު މެދުވެރިކޮށް ލިބޭއިރު ކޮވިޑުގެ ތަފާސް ހިސާބުތައް ފޯރުކޮށް ދޭ ޑޭޝްބޯޑުގައި ވާ ގޮތުން މިހާތަނަށް ބަލީން ރަނގަޅު ވީ މީހުންގެ އަދަދަކީ 1،976 އެވެ.

ރާއްޖޭގައި މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 1،216 އަށް އަރާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ރިޕޯޓުކޮށްފައިވަނީ 2،410 ކޭސްއެކެވެ. އަދި މިއަދު 10 މީހަކަށް ކޮވިޑު ޖެހިގެން ވަނީ ރިޕޯޓުކޮށްފައެވެ. ރާއްޖޭގައި ކޮވިޑު ޖެހިގެން 10 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ފަރުވާދެމުންދާ މީހުންގެ އަދަދަށް ވުރެ، ބަލީން ރަނގަޅުވި މީހުންގެ އަދަދު އިތުރެވެ. ދާދިފަހުން ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ގައިޑަލައިންތަކާއި އެއްގޮތަސް ބަލިން ރަނގަޅުވި ކަމަށް ކަނޑައަޅާ އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ. މީގެ ކުރިން ބަލި ޖެހިފައި ހުންނަ މީހަކު ކޮވިޑުން ރަނގަޅުވީ ކަމަށް ކަނޑައަޅަނީ އޭނާގެ ހުރިހާ އަލާމާތެއް ނެތި ފިލުމުން ޓެސްޓު ހެދުމަށްފަހު އޭނާ އެ ޓެސްޓަށް ޑަބަލް ނެގެޓިވްވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: