ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ގޯނާކުރުމުގެ މައްސަލަތައް މުޖުތަމަޢުއިން “ލުހެލަން” ޖެހޭ: ރައީސް މައުމޫން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް. ފޮޓޯ: އެކްސެސް24
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާކުރުމުގެ މައްސަލަތައް މުޖުތަމަޢުއިން “ލުހެލުމަށް” ޓަކައި، އެންމެން ވެސް ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މުޖުތަމަޢުގައި އިތުރުވަމުންދާ ޖިންސީ ގޯނާގެ މައްސަލަތަކާއި ގުޅިގެން، ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންހެން ކުދިންނަށާއި، އަންހެނުންނަށްކުރާ ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އިތުރުވަމުން ދިޔުމަކީ ނިހާޔަތަށް ކަންބޮޑުވާންޖެހޭކަމެއްކަމަށެވެ. އަދި މިއީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކަމެއްކަމަށާއި، އިޖްތިމާޢީގޮތުން ވެސް ހުތުރުކަންބޮޑު ލާއިންސާނީ ޢަމަލެއްކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ. މި ގޮތުން ޖިންސީ ގޯނާކުރުމުގެ މައްސަލަތައް މުޖުތަމަޢުއިން ލުހެލުމަށްޓަކައި، އެންމެން ވެސް ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު، ފަހަކަށްއައިސް ޖިންސީގޯނާގެ މައްސަލަތައް ވަނީ އިހުނަށްވުރެ އެތައް ގުނައެއް އިތުރުވެފައެވެ. މި ގޮތުން، ޢުމުރުން 15 އަހަރުގެ އޯޓިސްޓިކް ކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުވި މައްސަލައެއް ފެންމަތިވެފައެވެ. މި މައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ، އެ ކުއްޖާގެ ޅިޔަނު ފ.ފީއަލީ/ފީރޯޒުގޭ ޢުމުރުން 37 އަހަރުގެ އިބްރާހިމް ޝާފިޢުވަނީ، ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައެވެ.

މީގެ އިތުރުން، މެދު ރާއްޖެތެރޭގެ ރަށެއްގައި، 18 އަހަރުގެ އަންހެންކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުވި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. ހަމައެއާއެކު އެކި ދުވަސްމަތިން ޢުމުރުން 13 އަހަރުގެ އަންހެއްކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، އެ ކުއްޖާގެ ބައްޕަ ވަނީ، ޖޫން 25 ގައި ހައްޔަރުކޮށްފައެވެ. ހަމަ އެހެންމެ މާލޭގެ ގެސްޓުހައުސްއެއްގައި ޢުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕްކޮށްފައިވާ މައްސަލައެއް ވެސް ދާދިފަހުން ވަނީ ފެންމަތިވެފައެވެ. އަދި ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ގަދަކަމުން ޖިންސީގޯނާކުރި މައްސަލައެއްގައި، ޢުމުރުން 39 އަހަރުގެ ދިވެހި ދެ ފިރިހެނަކުގެ މައްސަލައެއް ވެސް ފެންމަތިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: