ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅާ ނިންމާފައި ހުރީ 16 ޓަވަރެއްނޫން، 40 ޓަވަރު: މެމްބަރު ޝިޔާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓް މަޝްރޫއުގެ ދަށުން ރައީސް ޔާމީންގެ ވެރިކަމުގައި 40 ޓަވަރު އަޅާ ނިންމާފައިވާނެ ކަމަށް މެމްބަރު ޝިޔާމް ވިދާޅުވެއްޖެއެވެ.

ނައިފަރު ދާއިރާގެ މެމްބަރު އިބްރާހިމް ޝިޔާމް ހިޔާ މަޝްރޫއުގެ ވައުދު ވީހާވެސް އަވަހަކަށް ފުއްދުމަށް ގޮވާލަައި ކުއްލި މައްސަލަ ހުށައެޅުއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަޅާފައިވަނީ ގިނަ ބޭފުޅުން އެވިދާޅުވާ ގޮތަށް 16 ޓަވަރު ނޫން ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި 40 ޓަވަރު އަޅާފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 75،000 ރައްޔިތުންގެ ބޯހިޔާވަހިކަންކަމަށް ޝިޔާމް ވިދާޅުވިއެވެ.

މެމްބަރު ޝިޔާމް މިހެން ވިދާޅުވުމުން، ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ނިޒާމީ މައްސަލައެއް ނަންގަވައި ޝިޔާމްގެ އެވާހަކަތަކަށް ވަނީ ރައްދު ދެއްވާފައެވެ. މެމްބަރު ހަލީމް ވިދާޅުވީ އެތަން ބަލައިލުމަށް ޚުދު އެބޭފުޅާވެސް ދިޔަ ކަމަށާއި އެތަނުގައި 40 ޓަވަރު ނުހުންނާނެ ކަމަށެވެ. އެއީ ކަނޑައެޅިގެން ދޮގު ކަމަށާއި އެފަދަ ވާހަަކަތައް ދައްކައިގެން ރައްޔިތުންނަށް އޮޅުވާނުލުމަށް ވަނީ ގޮވާލާފައެވެ.

ޝިޔާމް ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކޮތަރު ކޮށްޓޭ ކިޔުމުން ލަދު ނުގަންނަ ކަމަށެވެ. ހިޔާ ފްލެޓްތަކުގެ އެޕާޓްމަންތްތަކަށްވުރެ ތިން ހަތަރު ގުނަ ކުދި ތަންތަންކޮޅުގައި މިހާރުވެސް މާލޭގައި އެކި ރަށްރަށުގެ މީހުންނާއި މާލެ މީހުުންވެސް އުޅެމުންދާ ކަމަށެވެ. އަދި އޭގެން ކޮންމެ ތަނެއްގައި 16 ނުވަތަ ވިއްސަކަށް މީހުންވެސް އުޅެމުންދާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، މަޖިލިސް މެމްބަރުންގެ ބޮޑެތި އިމާރާތްތަކާއި ބިންތައް ހުރިކަމުގައިވިޔަސް، މާލޭ ރައްޔިތުންވެސް އުޅެމުންދާ ދަތި ހާލު އެނގިވަޑައިގަންނަވާ ކަމަށެވެ. އެފަދަ ގޭބީސީއަކަށް ސިޔާސީ ބޭފުޅުންނަށް ވަދެވެނީ ވޯޓަކާއި ގާތްވުމުން އެކަނި ކަމަށްވެސް ވިދާޅުވިއެވެ.

މިސަރުކާރު ވެރިކަމަށް އައީ މޮޅެތި ވާހަކަތައް ދެއްކުމަށްފަހު ބޮޑެތި ވައުދުތައް ވެވަޑައިގެން ކަމަށާއި އެހެންނަަމަވެސް ފެންނަނީ ބޯހިޔާވަހިކަމުގެ ވައުދު ފުއްދައިދިނުމަށް ބޭނުން ނުވާ ތަންކަމަށާއި ނިމިފައި ހުރި ފްލެތްތަކަށް މީހުން ނުވެއްދުމަށް މަސައްކަތް ކުރާތަން ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: