ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީގައި ތިބެނީ ގާނޫނު އަސާސީގައި ބަޔާންކުރާ މީހުން: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންނަވަނީ ސިޔާސީ މީހެއްގެ ގޮތުގައި ނޫން ކަމަށާއި  އެ ކޮމިޝަންގައި ތިއްބަވަނީ ގާނޫނު އަސާސީ ބުނާ ގޮތުން ތިބެން ލާޒިމްކުރާ މީހުން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު ވަކިކުރަން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރުމުން އިދިކޮޅު މެމްބަރުންގެ ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީ މިރާއްޖޭގައި އުފެދުނީންސުރެއް އެ ކޮމިޝަންގައި ތިއްބަވަނީ ގާނޫނު އަސާސީ ބުނާ ގޮތުން ތިބެން ލާޒިމްކުރާ މީހުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެކޮމިޝަނުގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ އެއްގޮތަކަށް ވެސް ސިޔާސީ ބޭފުޅެއް ނޫން ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބުގެ މައްސަލައިގައި ޖޭއެސްސީން ކުރި ތަހުގީގު ހަ މަހަށް ކުރިއަށް ދިޔަ ކަމަށާއި އަދި އޭނާ މިހާރު އިސްތިއުފާ ދެއްވުމުން އެ މައްސަލާގައި ދެން އަމަލުކުރާނެ ގޮތަކާ މެދު ސުވާލު އުފެދިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ފަނޑިޔާރެއްގެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް ނުވަތަ މައްސަލައިގައި ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން އެ ފަނޑިޔާރަކު މަގާމުން އިސްތިއުފާ ދީފިނަމަ މައްސަލަ އެ ހިސާބުން ބާތިލް ވާނެ ކަމަށެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބު ހިމެނޭ ގޮތަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައި ކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރަކު ޖޭއެސްސީގައި ހިމެނެއެވެ.

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި ނަޝީދު އިންނަވާއިރު ޖޭއެސްސީގެ ރައީސަކީ ރައްޔިތުންގެ މަޖިލީޙުން އައްޔަންކޮށްފައިވާ އެމްޑީޕީ މެންބަރު ތުޅާދޫ ދާއިރާގެ ހިސާން ހުސައިނެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: