ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރު ރިޒާގެ ކުންފުންޏަށް ހިޔުމަން ޓްރެފިކިހްގެ ތުހުމަތު!

މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާޅުވެފައިވާ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ އާރުއައިއެކްސް(ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ތަހުގީގު ކިރަން ފަށައިފިއެވެ. 

ފުލުހުންގެ މީޑިއާއިން ބުނެފައިވާ ގޮތުގައި ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވެ، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާކަމަށް އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވެއެވެ.

އޭގެ އިތުރުން، ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި، އެ ބިދޭސީންނާ ހަވާލުވެ، އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން މަސައްކަތްތެރިންނަށް ދޭންޖެހޭ މުސާރައާއި އުޖޫރަނުދީ ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރުވާފައިވާކަން އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވެއެވެ. 

މީގެއިތުރުން މަސައްކަތްތެރީންގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި ވަޒީފާއިން ވަކިކޮށް އަނބުރާ މާލެ ސަރަހައްދަށް ފޮނުވާފައިވާކަމަށްވެސް މެމްބަރު ރިޒާގެ ކުންފުންޏަށް ތުހުމަތު ކުރެއެވެ. 

މެމްބަރު ރިޒާގެ ކުންފުންޏަށް ހިޔުމަން ޓްރެފިކިންގެ ތުހުމަތުކޮށް ފުލުހުން މައްސަލަ ތަހުގީގު ކުރަން ފަށާފައިވާއިރު މުވައްޒަފުންގެ މުސާރައާއި ކެއުން ދޭން ޖެހެނީ ސީލް މޯލްޑިވްސްއިން ކަމަށް މެމްބަރު އަލީ ރިޒާ ވަނީ ވިދާޅުވެފައެވެ. 

”ސަންގު“ އަށް މައުލޫމާތު ދެއްވަމުން ރިޒާ ވިދާޅުވީ ބޮޑު ފިނޮޅުގައި ސީލް މޯލްޑިވްސްއިން ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާއިރު، ކޮންޓްރެކްޓާރ ގެ ހައިސިއްޔަތުން ތަނުގައި މަސައްކަތް ކުރަމުންދަނީ ރީޒް ޕަރައިވެޓް ލިމިޓެޑުން ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުންދަނީ މަސައްކަތް ކުރުމާއި ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 އަދި އެ އަހަރުގެ ޑިސެމްބަރު މަހުގައި ވެފައިވާ އެބަސްވުމެއްގެ ދަށުން ކަމަށެވެ.

2018 ވަނަ އަހަރުން ފެށިގެން ރިސޯޓުގައި ރިޒް ކޮމްޕެނީއިން މަސައްކަތް ކުރިޔަށް ގެންގޮސްފައިވާއިރު މިހާތަނަށް ރިސޯޓުގެ ބޮޑު ބައެއް ނިމިފައިވާކަމަށް ވެސް ރިޒާ ވިދާޅުވިއެވެ. އޭގެ އިތުރުން ރިސޯޓުގެ ތަރައްގީގެ މަސައްކަތްތަކުގައި ދިވެހިންނާއި ބިދޭސީން ހިމެނޭހެން 200 އެއްހާ މުވައްޒަފުން މަސައްކަތްކޮށްފައިވާއިރު ދެ ފަރާތުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ކުރާ މީހުންގެ މުސާރައިގެ ގޮތުގައި ދޭންޖެހޭ 7000 ރުފިޔާއާއި ކެއުމުގެ ހަރަދުގެ ގޮތުގައި ކޮންމެ މީހަކަށް ދުވާލަކަށް ދޭންޖެހޭ 40 ރުފިޔާ ދެއްކުމަށް ސީލް މޯލްޑިވްސްއިން އެބަސްވެފައިވާ ކަމަށް ރިޒާ ވިދާޅުވިއެވެ. 

ރިޒާގެ ކުންފުނީގެ ގާނޫނީ ވަކީލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ޖެނުއަރީ މަހުން ފެށިގެން ހަތަރު މަހަށް ވުރެ ގިނަ ދުވަހުގެ މުސާރައިގެ ފައިސާ ދީފައި ނުވާ ކަމަށެވެ. މުސާރައިގެ މައްސަލަ ބޮޑުވެފައިވަނީ ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ސީލް މޯލްޑިވްސް އިން މުވައްޒަފުންނަށް މުސާރަ ދެމުންދާއިރު އެއްބަސްވެފައިވާ ގޮތުގެ މަތިން ރިޒް ކުންފުނިން މުވައްޒަފުންނަށް ސީލް މޯލްޑިވްސް ނުވަތަ ޑިވެލޮޕާރ ގެ ފަރާތުން މުސާރައިގެ ފައިސާ އާއި ކެއުމުގެ ފައިސާ ނުލިބުން ކަމަށެވެ.

އެގޮތުން އުޖޫރަ ނުދޭ މައްސަލައިގައި 16 މެއި ގައި ރިޒް ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ހިމޭން އިހުތިޖާޖެއްކުރިކަން ބަޔާނުގައި ފާހަގަކުރިއެވެ. އަދި ބުނެފައިވަނީ މި އިހުތިޖާޖުގައި މުވައްޒަފުންގެ ފަރާތުން އެދިފައިވަނީ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ލިބެންޖެހޭ ފައިސާ ދިނުމަށާއި މުވައްޒަފުން އަނބުރާ ފޮނުވުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްދިނުމަށް ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި ބުނެފައިވަނީ އެގޮތުގެ މަތީން މުވައްޒަފުންގެ މުސާރަ ދީ މުވައްޒަފުން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްދިނުމަށް ކަމަށެވެ.

މި މައްސަލައިގައި ސަންގުއާއި ވެސް ވާހަކަ ދައްކަވާ ރިޒާ ވިދާޅުވީ މުވައްޒަފުން މަދު ކުރުމަށް ބުނުމުން އެންމެން ފޮނުވާލެވޭނީ މުސާރަ ދިނުމަށްފަހުކަމަށް ބުނެފައިވާނެ ކަމަށެވެ.

ރިޒާ ވިދާޅުވީ މުވައްޒަފުންނަށް މުސާރައެއް ނުދީ، ކެއުމުގެ އެއްވެސް އިންތިޒާމެއް ނެތި ކޮވިޑުގެ ހާލަތުގައި އަދި ފުރަބަންދެއްގައި ތިބެންޖެހުމުގެ ސަބަބުން ތަނުގައި ހަމަނުޖެހުމެއް ހިނގާފާނެކަމަށް އެކަން މޭއި މަހުގެ ފަހުކޮޅު ފުލުހުންގެ ސަމާލުކަމަށް ވެސް ގެނެސްފައިވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: