ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރު ރިޒާގެ ކުންފުންޏަށް ތުހުމަތު ކުރެވޭ ހިޔުމަން ޓްރެފިކިންގެ މައްސަލައިގައި ފަސް އިދާރާއެއް ކޮމެޓީއަށް ހާޒިރު ކުރަނީ!

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާޅުވެފައިވާ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ އާރުއައިއެކްސް(ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔުމަން ޓްރެފިކިންގެ މައްސަލައިގައި ކަމާއި ގުޅުންހުރި ފަސް އިދާރާއެއް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމޓީއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ. 

ހޯމަ ދުވަހު ބޭއްވި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ބ، ބޮޑުފިނޮޅުގެ މައްސަލައިގައި ކޮމެޓީއަށް ހާޒިރު ކުރުމަށް ފާސްކޮށްފައި ވަނީ  ހޯމް މިނިސްޓްރީ އާއި، އިކޮނޮމިކް މިނިސްޓްރީ އާއި، އިމިގްރޭޝަނާއި، ފުލުހުންގެ އިތުރުން ލޭބާ ރިލޭޝަންސް އޮތޯރިޓީއެވެ. 

ބިދޭސީންނަށް ހަ މަހަށް ވުރެ ގިނަ ދުވަސް ވަންދެން މުސާރަ ނުދިން މައްސަލައިގައި އެ މީހުން ހަމަނުޖެހުން ހިންގައި، ދިވެހިންތަކެއް ރަހީނުކުރި މައްސަލަ ވަނީ ހޫނުވެފަ އެވެ. މުސާރަ ނުދެވުނީ އެ ރަށް ތަރައްގީކުރާ ސީލް މޯލްޑިވްސް އިން ފައިސާ ނުދިނުމުން ކަމަށް ރިޒް ކުންފުނިން ވަނީ ބުނެފަ އެވެ؛ ނަމަވެސް ސީލް މޯލްޑިވްސްއިން ވަނީ މެމްބަރު ރިޒާގެ ކުންފުނީގެ ވާހަތައް ދޮގުކޮށްފައެވެ. 

ސީލް މޯލްޑިވްސްގެ ފަރާތުން  ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ ސީލް މޯލްޑިވްސްގެ ފަރާތުން ބޮޑު ފިނޮޅުގައި ތަރައްގީ ކުރަމުންދާ ރިސޯޓާއި ގުޅޭގޮތުން ރިޒް ޕްރައިވެޓް އާއި ދެމެދު 02 އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވާނެ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރެވިފައިވާ ތާރީހުތަކަކީ 18 ނޮވެމްބަރާއި އަދި އެ އަހަރުގެ ޑިސެމްބަރު ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ފުރިހަމަ ކުރުމުން، އެއެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ޖުމުލަ ފައިސާގެ އަގަކީ، ފަސް މިލިއަން ހަތަރުލައްކަ ސަތާރަ ހާސް ދުއިސައްތަ އަށްޑިހަ ރުފިޔާ ކަމަށެވެ. އަދި ޑިސެމްބަރ  ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ފުރިހަމަކުރަންޖެހ އެންމެހައި މަސައްކަތްތައް ފުރިހަމަ ކުރުމުން، އެއެއްބަސްވުމުގެ ދަށުން ދައްކަންޖެހ ޖުމުލަ ފައިސާގެ އަގަކީ ހަތް މިލިއަން ތިންލައްކަ ތިރީސް ދެހާސް ހަތްސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ލޯކްރާފްޓްގެ ފަރާތުން ޙަވާލާދީފައިވާ އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް އެއްކޮށް ފުރިހަމަކޮށް ނިމުމުން، ސީލް މޯލްޑިވްސްގެ ފަރާތުން ކޮންޓްރެކްޓަރ އަށް ދައްކަންޖެހެނީ ޖުމުލަ، ބާރަ މިލިއަން ތިންލައްކަ ތިރީސް ދެ ހާސް ހަތްސަތ ކަ ފަސްދޮޅަސް ފަސް ރުފިޔާ ކަމަށެވެ. އެއާއި އެކު ސީލް މޯލްޑިވްސް ޕްރައިވެޓް ލި މިޓެޑްގެ ފަރާތުން ކޮންޓްރެކްޓަރ އަ ށް ދައްކާފައިވާ ފައިސާތަކަށް ބަ ލާއިރު، މިހާތަނަށް އެކާވީސް މިލިއަން ހަތްލައްކަ ހަތްދިހަ ތިން ހާސް ތިންސަތޭކަ ތިރީސް އަށް ރުފިޔާ ވަނީ ދައްކާފައި ކަމަށެވެ.

ސީލްގެ މޯލްޑިވްސްގެ ގާނުނީ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ލޯކްރާފްޓް ނޫސް ބަޔާނުގައި، ކޮންޓްރެކްޓަރ ގެ ފަރާތުން ރިސޯޓުގެ ބޮޑު ބައެއް ނިމިފައިވާކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ކޮންޓްރެކްޓަރ އާއި ހަވާލުކޮށްފައިވަނީ މުޅި ރިސޯޓް އެއްކޮށް ތަރައްޤީކުރަން ނޫންކަމަށާއި، އޭގެ ބަދަލުގައި، ކަނޑައެޅިފައިވާ ވަކި މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. އަދި ރިސޯޓް ޑިވެލޮޕްކުރުމުގެ ޖުމުލަ މަސައްކަތުގެ ނިސްބަތަށް ބަލާއިރު، ލޯކްރާފްޓްގެ ފަރާތުން ބަޔާންކުރާ ފަދައިން، ރިސޯޓެއްގެ ބޮޑު ބައެއް  ބާރަ މިލިއަން ތިންލައްކަ ތިރީސް ދެ ހާސް ހަތްސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާއަށް ނިންމާލެވޭ ކަމަށްވާނަމަ، ރިސޯޓެއް ޑިވެލޮޕް ކުރުމުގެ އަގު އެއް މިލިއަން ޑޮލަރަށް ވެސް ނާރާނެ ކަމަށެވެ.

ސީލްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ ކޮންޓްރެކްޓްގެ ދަށުން ހަތްހާސް ރުފިޔާގެ ރޭޓުން ޑިވެލޮޕަރގެ ފަރާތުން ކޮންޓްރެކްޓަރ އަށް ފައިސާ ދައްކަންޖެހޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާއިރު،  މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާނެ ކަމަށެވެ. އެހެން ކަމުން ފައިސާ ނުދެވެން ވީ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށް ބުނެފައިވެއެވެ. އެއާއި އެކު އެއްބަސްވުމުގައި ވެސް މުވައްޒަފުންގެ މަހު މުސާރައިގެ އިތުރުން މުވައްޒަފުން އިންޝުއަކޮށް މުވައްޒަފުންގެ ބޭސް ފަރުވާ އާއި ވިސާ ނެގުން ފަދަ އެންމެހާ ކަންކަމެއް ބަލަހައްޓައި އެކަމުގެ ޚަރަދުކުރާނީ ކޮންޓްރެކްޓަރު ކަމަށް އޮންނާނެ ކަމަށް ވަކީލުންގެ ޓީމުން ފާހަގަކޮށްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: