ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީއަށް އައްޔަންކުރި މެންބަރުން ފެއިލްވެއްޖެ: ދޮންބިލެއް ހަލީމް

ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މި ސަރުކާރުން މެން ބަރުން އައްޔަންކުރީ މެންބަރުން ފެއިލްވެއްޖެ ކަމަށް ވިދާޅުވެ އޭސީސީގެ މެމްބަރުން ވަކިކުރާނެ ކަމުގެ އިންޒާރު ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) މިއަދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ  މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ އޭސީސީން ބަލާފައިވަނީވެސް ޖިނާއީ މައްސަލަތަކަށްވުރެ އިދާރީ މައްސަލަތައް ކަމަށެވެ.

ހަލީމް ވިދާޅުވީ އެމްއެމްޕީއާރުސީ ޚިޔާނާތާއި ގުޅިގެން އޭސީސީން ތަހުގީގު ކުރާ މައްސަލަތަކުގެ ލިސްޓެއް ފޮނުވަން ޕްރޮސެކިއުޓަރ ޖެނެރަލް އެދުމުން އެކަމަށްވެސް އޭސީސީން އިންކާރުކޮށް އެފަދަ ލިސްޓެއް ނުދޭނެ ކަމަށް ލިޔުމުން އަންގާފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑެތި މައްސަލަތަކުގެ ލިސްޓެއް ޕީޖީއަށްފޮނުވަން އެންގުމުން ވެސް އެކަން ނުކުރާނެ ކަމަށް ބުނުމަކީ ވަރަށް ބިރުވެރިކަމެއް ކަމަށް ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ކޮށްފައިވާ ވައްކަމުގެ މައްސަލަތަކަކީ އާއްމުންނަށް ވެސް އެނގޭހާ ސާފު ކަންކަމަށްވިޔަސް އޭސީސީ އަށް އެ މައްސަލަތައް ނުބެލޭ ކަމަށެވެ.

ވަކި ސަރުކާރެއްގެ މައްސަލަތަކެއް ނުބަލައި ދޫނުކުރާ ކަމަށް އޭސީސީން ކުރިން ބުނެފައިވިޔަސް ނިމިދިޔަ ސަރުކާރުގެ މައްސަލަތައް ނުބެލޭ ކަމަށް ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ މިދިޔަ އަހަރު 710 މައްސަލައެއް އެ ކޮމިޝަނުން ނިންމާފައިވާ އިރު 707 މައްސަލައިގައި ހެއްކާއި ގަރީނާ ނެތް ކަމަށް ބުނެ ނިންމާފައި ވަނީ ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ގޮތަށް ކަމަށެވެ.

އޭސީސީން ބަލާ މައްސަލަތަކުގެ ވާނުވާއެއް ނޭނގޭތީ، އެމައްސަލަތައް ގޮސްފައިވާ ހިސާބު ބެލުމަށް އެ ކޮމިޝަނުގެ އޮޑިޓެއް ހެދުމަށް، މިނިވަން މުއައްސަސާ ކޮމިޓީން ނިންމައިފި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: