ރާއްޖެއިން އިތުރު 23 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޖުމްލަ ޢަދަދު 2491 އަށް އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ރިޕޯޓުކޮށްފިއެވެ.
މި ކަން ހާމަ ކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހޯމަދުވަހުގެރޭ ހާމަކުރިގޮތުގައި އާދިއްތަދުވަހުގެ 18:00 އިން ފެށިގެން ހޯމަދުވަގުގެ 18:00 އަށް ވަނީ އިތުރު 23 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ޖުމްލަ ޢަދަދު 2491 އާއި ހަމައަށް އިތުރުވެފައެވެ. އެޗްޕީއޭއިން ބުނީ އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ 16 ދިވެހިންނާއި ބަންގްލަދޭޝްގެ 7 މީހެއްކަމަށެވެ.
މީގެ އިތުރުން ކޮވިޑު ޖެހިގެން ފަރުވާ ހޯދަމުންއައި މީހުންގެތެރެއިން އިތުރު 64 މީހަކު ރަނގަޅުވެފައިވާކަމަށް ވެސް އެޗްޕީއޭއިން ހާމަކޮށްފައިވެެއެވެ. މި ގޮތުން މި 64 މީހުންނާއެކު މިހާތަނަށް ޖުމްލަ 2113 މީހަކު ރަނގަޅުވެފައިވާއިރު ފަރުވާދެމުން އަންނަނީ 361 މީހަކަށްކަމަށް ވެސް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.
އެޗްޕީއޭއިން ބުނީ ކަރަންޓީނު ފެސިލިޓީތަކުގައި މިހާރު ވެސް 107 މީހުން ތިބިއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 280 މީހުން އެބަތިބި ކަމަށެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް ޖުމްލަ 12 މީހަކު ނިޔާވެފައިވާއިރު އޭގެތެރޭގައި 7 ދިވެހިން ހިމެނެެއެވެ. މީގެ އިތުރުން ބަންގްލަދޭޝްގެ 04 މީހެއްގެ އިތުރުން ޕިލިޕީންސް މީހަކު ވެސް ވަނީ ނިޔާވެފައެވެ.
ކޮވިޑްގެ ނުރައްކާތެރިކަން އިހުނަށްވުރެ އިތުރުވެފައިވާއިރު އިންޑިޕެންޑެންޓް ކޭސްތައް ގިނަވަމުން އަންނަކަމަށާއި މި ގޮތަށް ކަންތައްތައްވާނަމަ ބަލިޖެހޭ މިންވަރު އިތުރުވާނެކަމަށް އައިޖީއެމްއެޗުގެ ޑރ.މުޢާޒު މޫސާ ވަނީ ވިދާޅުވެފައެވެ.

